ނޭމާ އާއި ވައްތަރު މީހާ
ކުޅިވަރު
29 Nov 2022 | 10:18
އެންމެން ނޭމާ ކަމަށް ހީކުރި މި މީހާ އަކީ އަސްލުވެސް އޭނާ ތަ؟

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގައި ބްރެޒިލް ފުރަތަމަ ކުޅުނު މެޗުތެރެއިން ނޭމާ ޖޫނިއަރ އަށް ލިބުނު އަނިޔާގެ ސަބަބުން ރޭ ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޭނާ ފެނިފައެއް ނުވެއެވެ. 

އެހެންނަމަވެސް، އެ މެޗުބަލަން ގޮސް ތިބި ސަޕޯޓަރުންގެ ތެރެއިން ނޭމާ އާއި ވަރަށް ވައްތަރު މީހެއް ވަނީ ފެނިފައެވެ. ނޭމާގެ ކަރުގައި އިންނަ ފަދަ ޓެޓޫ އެއް ކަރުގައިވެސް ޖަހައިގެން، ތޮތްޕަކާއި އައިނެއް އަޅައިގެން ސަޕޯޓަރުންގެ ތެރޭގައި އެ އިން މީހާ އަކީ، ނޭމާ ކަމަށް ހީކޮށް މެޗު ބަލަން ގޮސް ތިބި ވަރަށް ގިނަ ސްޕޯޓަރުން ވަނީ އޭނާ އާއި އެކު ސެލްފީވެސް ނަގާފައެވެ. 

ނޭމާ އާއި ވައްތަރު މީހާއާއި އެކު ފޮޓޯ ނަގަން ސަޕޯޓަރުން އޭނާ ވަށާލާފައި

އެގޮތުން، ފޮޓޯ ނަގަން އައި މީހުންތައް އޭނާ ވަށާލައި، ގަޔަށް އަރައި ގަންނަ ހިސާބުގައި ތިބި އިރު، މެޗުގެ ވަކި ހިސާބަކުން އޭނާ ދަނޑުން ނެރެފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އެހެންނަމަވެސް، އޭނާ ދަނޑުން ނެރުނީ ދަނޑު ތެރޭގައި މީހުން އެއްތަނަކަށް ތޮއްޖެހޭތީ ކަމެއް ނުވަތަ އެނޫން ސަބަބަކާއި ހުރެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. 

ސަޕޯޓަރުންގެ އިތުރުން، ކުޅިވަރު ޚަބަރުތައް ގެނެސްދޭ ޓުވިޓާ ވެރިފައިޑް އެކައުންޓެއް ކަމަށްވާ "ފޮކްސް ސޮކާ" އިންވެސް ވަނީ އެއީ ނޭމާ ކަމަށް ހީކޮށް ޓުވީޓެއް ކޮށްފައެވެ. އެގޮތުން އެ ޕޭޖުން ކުރި ޓުވީޓުގައި ވަނީ، ގަތަރުގެ މަގުމަތީގައި ނޭމާ ހިނގަމުންދާ ކަމަށް ބުނެ ވީޑިއޯއެއްވެސް އާއްމު ކޮށްފައެވެ. 

އެހެންނަމަވެސް، އެއީ ނޭމާ ނޫންކަން ފަހުން ޔަގީން ވުމާއި އެކު އެ އެކައުންޓުންވަނީ، އެއީ ނޭމާ ނޫންކަން މިހާރު އެނގިއްޖެ ކަމަށާ، އެހެންނަމަވެސް ނޭމާ އާއި ވަރަށް ވައްތަރު މީހެއް ހުރިކަން މިހާރު ގަބޫލުކޮށްފައިވާ ކަމަށް ބުނެފައެވެ. 

ނޭމާ އާއި ވައްތަރު މީހަކަށް ހެދިގެން މީހުން "ފޫލް" ކުރި މި މީހާއަކީ ކާކުކަން ނޭނގުނަސް އޭއީ ނޭމާ ނޫންކަން ވަނީ މިހާރު ޔަގީންވެފައެވެ. އަދި ނޭމާ އަށް ވެގެން މީހުން ހައްދަން އޭނާ ކުރި މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.