މެމްބަރު ވަހީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
29 Nov 2022 | 12:18
އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓުމަކީ އެމްޑީޕީގެ އަސާސާއި ޚިލާފަށް ޕާޓީ ހިންގަން އުޅޭކަމުގެ މިސާލެއް: ވަހީދު

އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓުމަކީ އެމްޑީޕީގެ އަސާސުތަކާއި ޚިލާފަށް ޕާޓީ ހިންގަން އުޅޭކަމުގެ މިސާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. 

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ، ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ ހައި ކޯޓުން ނުބަލަން ދައުލަތުން ކޯޓުގައި ވަނީ އެދިފައެވެ. 

އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވަހީދު ވިދާޅުވީ އެއްވެ އުޅުމާއި އިހުތިޖާޖު ކުރުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑެތި އަސާސްތައް ކަމަށެވެ. 

އެ ހައްގުތައް ހަނިކޮށްފައި އޮތުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ހިންގަން އުޅޭކަމުގެ ކުޑަ މިސާލެއްކަމަށް ވަހީދު ވިދާޅުވިއެވެ. 

އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާއިރު، އެ މައްސަލައާއި ގުޅޭގޮތުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެއްވެ އުޅުން ހަނިކުރި އިސްލާހު އުވާލުމުގެ ބިލް މަޖިލީހުން ބަލައިގަނެ، މިހާރު ދިރާސާ ކުރަމުންދާތީ ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ މިވަގުތު ކޯޓުން ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.