ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން--ފޮޓޯ/މަޖިލިސް
ހަބަރު
02 Dec 2022 | 16:37
ޣައްސާން ސަރުކާރަށް: ދަރަންޏެއް ނުނަގާނަމޭ ބުނީ؛ އެއްގޮތަކަށް ވެސް ނުނަގާތަ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ދަރަންޏެއް ނުނަގާނެ ކަމަށް ވިދާޅުވެ ކަމަށާ އެހެންނަމަވެސް މި ސަރުކަާރުން އެއްގޮތަކަށް ވެސް ނުނަގާތޯ އަހައި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ. 

އަދުގެ ސަރުކާރުން ވެރިކަމަށް އަންނަންވެގެން ވެފައިވާ ވައުދުތަކަށް ފާޑުވިދާޅުވެ ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އެއީ 2018އިގައި އަދުގެ ސަރުކާރުންވީ ދޮގު ވައުދުތައް ރައްޔިތުންނަށް ހާމަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް މިހާރު ވެރިކަން ކުރާ އެމްޑީޕީގެ މަކަރުވެރިކަން ފެންނަމުންދާ ކަމަށް ވިދާޅުވެ އޭރު އެ ޕާޓީން ވީ ވައުދު ތަކާއި މިހާރު ކަން ކުރަމުން އަންނަ ގޮތަށް ޣައްސާން ވަނީ ފާޑުވިދާޅުވެފައެވެ. 

"ވައްކަމާއި ދެކޮޅޭ ބުނި. އެންމެ ކޮރަޕްޓް ސަރުކާރު. އިންސާފުގެ ދަތުރޭ ބުނި. އެކި މީހުންނަށް އެކި ގޮތް. ޖޭއެސްސީީ ބޭނުންކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން އާއްމު ވެފައި. ދަރަންޏެއް ނުނަގާނަމޭ ބުނި. އެއްގޮތަކަށް ވެސް ނުނަގާތަ؟" ޣައްސާން ވިދާޅުވިއެވެ. 

2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ތާހިރު، ދެފުށް ފެންނަ، ޚަރަދު ކުޑަ، ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރު ވާނޭ ވެރިކަމެއް ކުރާނެ ކަމަށް ވައުދުވެގެންނެވެ. އަދި އޭރު ވެރިކަމަށް އަންނަން ވެގެން އެމްޑީޕީން ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައި ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރު ކޮށްފައިވާ ކަމަށް ބުނެ އެފަދައިން އެމްޑީޕީ ސަރުކާރެއްގައި ކަން ނުކުރާނެ ކަމަށް ބުނަމުންނެވެ. 

އެހެންނަމަވެސް އަދުގެ ސަރުކާރުން ކަން ކުރަނީ އެ ވައުދުތަކާއި ދިމާ އިދިކޮޅަށް ކަމަށް އެމްޑީީޕީގެ ބައެއް މެންބަރުން ވެސް އަންނަނީ ބުނަމުންނެވެ. އެގޮތުން، އިންޑިއާ އިން އެތައް ލޯނެއް ނަގައި ރާއްޖޭގެ ދަރަނި ދުވަހަކުވެސް ނުދާހާ މައްޗަށް މިހާރު ގޮސްފައިވާއިރު, ކޮވިޑް ތެރޭގައި ވެންޓިލޭޓަރުން ކުރި ވައްކަމާއި، އެނޫންވެސް ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން، ޖުޑިޝަރީއަށް ބާރު ފޯރުވުން ވެސް އިންތިހާ އަށް މިހާރު އިތުރުވެފައިވާ ކަމަށް އިދިކޮޅުންނާއި، އެމްޑީީޕީގެ ބައެއް މެންބަރުން ވެސް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.