ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެން ހާލް
ކުޅިވަރު
03 Dec 2022 | 17:08
ނެދަލޭންޑްސް އަށް އަމާޒުވާ ފާޑުކިޔުންތަކަށް ވެންހާލް ބީރު ކަންފަތެއް!

މިފަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމަށް ކުރާ މަސައްކަތަށް އެއްވެސް މަޑު ޖެހުމެއް ނާންނާނެކަމަށާއި އަމާޒުވާ ފާޑުކިޔުންތަކަށް ފަރުވާލެއް ނެތް ކަމަށް ނެދަލަންޑްސްގެ ކޯޗް ލުއި ވެންހާލް ބުނެފިއެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ އެމެރިކާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ވެން ހާލް ވަނީ ޓީމުގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާފައެވެ. 

މުބާރާތުގެ ދެވަނަ ބުރުން ނެދަލަންޑްސް ޖާގަހޯދީ ގްރޫޕް އޭނާގައި އެޓީމް ސެނެގާލް އާއި ގަތަރާއި ބައްދަލުކުރި މެޗް 2-0 އިން ކާމިޔާބުކޮށް އަދި އެކުއެޑޯ އާއި ބައްދަލުކުރިމެޗް 1-1 އިން އެއްވަރު ކޮށްގެންނެވެ. މި ދެ މެޗުގައި ވެސް ނެދަލަންޑްސްގެ ފަރާތުން އާންމުކޮށް އެޓީމުން ފެނިގެންދާ އެޓޭކިންގ ފުޓްބޯޅަ ނުފެންނަކަމުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. 

ވެން ހާލް ބުނީ 2014 ވަނަ އަހަރުގައި ވެސް ހަމަ މިގޮތަށް ބަޔަކު ފާޑުކިޔަމުން ދުވި ކަމަށާއި އޭރާއި މިހާރު ވަކި ތަފާތެއް ނެތް ކަމަށެވެ. މިހާރު މި ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އޭނާގެ ކުޅުންތެރިންވެސް މިހާރު މިކަމަށް ހޭނިފައިވާ ކަމަށެވެ. 

އެމެރިކާ އާއި ދެކޮޅަށް ކުޅޭ މެޗާިއ ގުޅޭގޮތުން ވެން ހާލް ބުނީ މިފަހަރުގެ އެމެރިކާ ޓީމު ތަފާތު ކަމަށާއި ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ. އަދި އެއީ ނެދަލަންޑްސް އަށް ބަލި ނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން ކަމަށެވެ. 

ފީފާ ވޯލްޑްކަޕްގެ 2022 ގެ ގަދަ ސޯޅައިގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އާއި އެމެރިކާ ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ 20:00 ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.