ރިނބުދޫއިން ފެނުނު ބޮލިވަޅު
ހަބަރު
05 Dec 2022 | 12:35
ރިނބުދޫން ދުވަސްވީ ބޮލިވަޅެއް ފެނިއްޖެ

ދ.ރިނބުދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުން ދުވަސްވީ ބޮޅިވަޅެއް ފެނިއްޖެއެވެ.

ރިނބުދޫއިން ފެނުނު ބޮލިވަޅުގެ ވީޑިއޯ އަކާއި އެކު، އެރަށުގެ މައުލޫމާތު ގެނެސްދޭ ޓުވީޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެ ބޮލި ވަޅު ފެނިފައިވަނީ އެ ރަށުގެ ދެކުނު ފަރާތުން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަކުންކަމަށެވެ.

އަދި ބެލެވޭ ގޮތުގައި އެއީ ވަރަށް ކުރީ ޒަމާނެއްގައި އެ ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެއް ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. 

ރިނބުދޫއިން ފެނުނު ބޮލިވަޅުގެ މައުލޫމާތު އެރަށު ކައުންސިލުން ހެރިޓޭޖް މިނިސްޓްރީއާއި ހިއްސާ ކޮށްފައިވާއިރު، އެކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކަމުގައި ހެރިޓޭޖް މިނިސްޓްރީގެ ލަފަޔާއި އެއްގޮތަށް އަމަލުކުރުމަށް ރިނބުދޫ ކައުންސިލްގެ ފަރާތުން އެދިފައެވެ. 

އަދި އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށްޓަކައި ރިނބުދޫ ކައުންސިލަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ޒުއްބަ
ރިނބުދޫއަކީ ޗާލު ރަށެއް
05 Dec 2022
ގުޅޭ ލިޔުންތައް
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.