އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޢަލީ
ހަބަރު
08 Dec 2022 | 14:05
ނެށުމާއި ދެކޮޅު ހެދި ޓީޗަރުންގެ ތެރެއިން އެކަކު ވަޒީފާއިން ވަކިކޮށް އަނެއް ދެޓީޗަރުންނަަށް ފިޔަވަޅުއަޅައިފި

އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން ލައްވައި މިއުޒިކާއި އެކު ނަށުވަން ދެކޮޅު ހެދި ތިން ޓީޗަރުންގެ ތެރެއިން ވަގުތީ ޓީޗަރުގެ ވަޒީފާއާއި ބެހޭ އެއްބަސްވުން އުވާލައި، އަނެއް ދެ ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅައިފިއެވެ. 

އުކުޅަހު ސުކޫލު ކިޔަވައި ދެމުންދާ އެ ތިން ޓީޗަރުންގެ މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ އެ ތިން ޓީޗަރުން ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން، އެ ސުކޫލު ޕްރިންސިޕަލް ޝަހުލާ ޢިމާދު، އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުދީ، އެޑިޔުކޭޝަން މިނިސްޓްރީން އެ ތިން ޓީޗަރުން ސަސްޕެންޑްކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެ ތިން ޓީޗަރުން އެންމެ ފުރަތަަމަ ސަސްޕެންޑު ކުރީ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެފަހަރު ދަރިވަރުން ސަސްޕެންޑު ކުރީ 7 ދުވަހަށެވެ. އެއަށްފަހު ތިން ޓީޗަރުންގެ ސަސްޕެންޝަން އިތުރުވެސް ކޮށްފައިވާއިރު، އެ ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. 

އެއަށްފަހު މިހާރު އެތަނުން ވަގުތީ ޓީޗަރުގެ ވަޒީފާއާއި ބެހޭ އެއްބަސްވުން އުވާލާފައިވާއިރު ދާއިމީ ދެޓީޗަރުންނަަށް ވަނީ އިސްލާހީ ފިޔަވަޅު އަޅާފައެވެ. 

ވަގުތީ ޓީޗަރުގެ ވަޒީފާއާއި ބެހޭ އެއްބަސްވުން މިނިސްޓްރީން އުވާލާފައިވާއިރު، އެ ޓީޗަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހަށް ކަމަށް 'ވޮއިސް'އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އަނެއް ދެ ޓީޗަރުންގެ މައްސަލަ އެއް އަހަރު ވަންދެން ފައިލް ކޮށްފައިވާއިރު، ދެން އެ ޓީޗަރުންގެ އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ، ޓީޗަރުން ވަޒީފާއިން ވަކިކުރަން މިނިސްޓްރީއަށް ފުރުސަތު ލިބިގެންދާނެއެވެ. 

މިއުޒިކާއި ދެކޮޅަށް ތެދުވި ޓީޗަރުންނަކީ ކަރިކިއުލަމް އާއި އެއްގޮތަށް ޢަމަލު ނުކުރާކަމަށް ބުނެ މިފަދައިން އެ ޓީޗަރުންނާއިމެދު މިނިސްޓްރީން އަމަލުކޮށްފައިވާއިރު، ޕްރީ ސްކޫލް ގެ ކަރިކިއުލަމް ގައި މިއުޒިކް އަކީ އޮޕްޝަނަލް ނުވަތަ އިޚްތިޔާރީ އެއްޗެކެވެ. އަދި މިއުޒިކް ނުލައި ވެސް ކޮންސާޓުގައި ދަރިވަރުންގެ ހުނަރު ދެއްކޭނެ ގިނަ ހަރަކާތްތަކެއް އެ ޓީޗަރުންވަނީ ހިމަނާފައެވެ. އަދި އޭގެ އިތުރުން، ޕްރީސްކޫލް ބެލެނިވެރިންގެ މެޖޯރިޓީވެސް ތިބީ މިއުޒިކް ލައިގެން ދަރިވަރުން ނަށުވާ ނަމަ އޭގައި ދަރިވަރުން ބައިވެރި ނުކުރާ ގޮތަށް ކަމަށް އެ ސުކޫލުގެ ބެލެނިވެރިއެއް ވަނީ 'ވޮއިސް'އަށް މައުލޫމާތު ދީފައެވެ. 

ކޮމެންޓް
ވ
އަހަރެންނަމަ ދެންވަޒީފާގަބޫލެއްނުކުރީމުސް ދެންޖައްސާނީކޮންއަހުވައެއްކަމެއްވެސްނޭގެ
08 Dec 2022
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.