މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ޕީޕީއެމް
ހަބަރު
09 Dec 2022 | 12:37
މިވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން: ޑރ. މުޢިއްޒު

މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން ކަމަށް ޕީީޕީއެމްގެ ނައިބު ރައީސް އަދި މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މުޢިއްޒު ވިދާޅުވީ ޤައުމުގެ ޙާލަތު މިއަދު މިއޮތްގޮތުން ކޮންމެ ކަމަކަށް ރިޢާޔަތް ކުރިނަމަވެސް އެއީ ވަރަށް ސީރިއަސް ޙާލަތުގައި ހުރި ކަންކަން ކަމަށެވެ.

“ޤައުމުގެ މިނިވަންކަމާއި މެދު ވާހަކަ ދައްކަންވިޔަސް ކަންކަންއޮތީ އެހާ ބޮއްސުންލާފަ. ދީނަށް ހަޖޫ ޖެހުން، ދީނަށް ކުރާ ދުއްތުރާތަކާ ނުރައްކާތަކަށް ބެލިނަމަވެސް ކަންކަންއޮތީ ވަރަށް ނުރައްކާތެރި ޙާލަތެއްގަ. ޤައުމުގެ އިޤްތިޞާދުވެސް އޮތީ އަނދަވަޅަކަށް ވެއްޓިފަ” މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫންކަމަށާއި، ސިޔާސީ ޕާޓިއަކަށް ނިސްބަތްނުވާ މީހާވެސް މިކަމާއި ދޭތެރޭ ފުންކޮށް ވިސްނަންޖެހޭކަމުގައި މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"މީ ދެވަނަ ފަހަރަށް ތަހަންމަލް ކުރެވޭނެ ފަދަ ވެރިކަމެއް ނޫން. ދީނާ ގައުމަށް ވިސްނާނަމަ، ގައުމު ސަލާމަތް ކުރަން ބޭނުންވާނަމަ އެބަޖެހޭ ރައީސް ޔާމީނަށް މިއަންނަ އަހަރު އިންތިހާބުގައި ގައުމު ހަވާލުކުރަން." މުޢިއްޒު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.