ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ/ޕީޕީއެމް
ހަބަރު
09 Dec 2022 | 14:12
ނަގަމުންދާ ލޯނުތައް ދައްކާނެ ގޮތެއްވެސް ރައީސް ޞާލިހަށް އެނގިވަޑައިނުގަންނަވާ: ޝިޔާމް

ދިވެހި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެތައް ލޯނުތަކެއް ނަގަމުންދާއިރު، އެ ލޯނުތައް އަނބުރާ ދައްކާނެ ގޮތެއް ރައީސް ޞާލިހަށް އެނގިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ފާޑުކިއުން އަމާޒުކޮށް މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެންމެ ގިނައިން ދައްކަމުން ދިޔައީ ލޯނުތައް ނެގުން ހުއްޓާލަން ޖެހޭކަމުގެ ވާހަކަތައް ކަމަށެވެ. 

އެހެންނަމަވެސް، މި ސަރުކަާރުން ވެސް އެތަކެއް ލޯނު ތަކެއް އިންޑިއާ އިން ނަގަމުންދާއިރު، އެ ލޯނުތައް ނަގައިގެން ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރުގެ މުވައްޒިފުންނަށް މުސާރަ ދިނުމާއި ކަރަންޓު ބިލު ދެއްކުން ފަދަ މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ނަގަމުންދާ ލޯނުތައް އަނބުރާ ދެއްކުމަށް ކުރައްވާނެ ކަމެއްވެސް ރައީސް ސާލިހަށް ނުވިސްނޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ލޯނުތައް ނަގާފައިވާއިރު، ހުރިހާ ލޯނެއްވެސް ނެގީ އިންޑިއާއިން އެކަނިކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"ލޯނު ނަގައިފި، ލޯނު ދައްކާނެ ގޮތެއް ނޭނގެ. މިހާރު އިންޑިއާ އެކަނި ލޯނު ދެނީވެސް. އެހެންވީމަ އިންޑިއާގެ ދަންތުރައެއްގަ ޖެހިފަ މިއޮތީ،" ޝިޔާމް ވިދާޅުވި އެވެ.

އެހެން އެއްވެސް ގައުމަކުން ރައީސް ސާލިހުގެ ސަރުކާރަށް ލޯނެއް ދިނުމަށް ބޭނުން ނުވާކަމަށް ތުހުމަތުކޮށް ޝިޔާމް ވިދާޅުވީ، އެގޮތަށް ދިމާވާ ސަބަބަކީ ރައީސް ސާލިހުގެ ސަރުކާރުން ލޯނު ނަގައިގެން ކުރަމުންދާ ކަންކަމުގެ ސަބަބުން ލޯނުތައް އަނބުރާ ދެއްކޭނެ ކަމާއިމެދު ސުވާލު އުފެދިފައި ވުމެވެ. އަދި ލޯނު ދޭން ތިބި މީހުންނަށް އެ ފައިސާ އަނބުރާ ނުދެއްކޭނެކަން ގައުމުތަކަށް އެނގޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެއާއެކު ފަހަރަކު ލޯނު އެއްބަސްވުމެއްގައި ސޮއި ކުރަމުންދާ ކަމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ސަރުކާރުންވަނީ އިންޑިއާގެ ރިޒާވް ބެންކާއި އެކު ކަރަންސީ ސްވަޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިކަމަށެވެ.

"1.2 ބިލިއަންގެ ކްރެޑިޓް ލައިނެއްގައި ޖެހިފައި އޮއްވަ އަނެއްކާ 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕެއްގައި މި ޖެއްސީ. ދެން އިހަކަށްއދުވަހު އަނެއްކާ 100 މިލިއަން ޑޮލަރުގެ ލޯނެއް ކަމެއް، ހިލޭ އެހީއެއް ކަމެއް މީ ކިހިނެއްވާ އެއްޗެއް ކަމެއްވެސް ސަރުކާރަށް ބުނެނުދެވުނު."

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ ނަމުގައި ނަގަމުންދާ ލޯނުތަކާއި ގުޅޭ މައުލޫމާތުތައް ދޭންޖެހޭކަމަށެވެ. އަދި މި ސަރުކާރު އައި ދެ ފުއް ފެންނަ ގޮތަށް ވެރިކަން ކުރަންކަމަށް ވީ ނަމަވެސް މިހާރު ފެނިގެންދަނީ ސުވާލު ކުރުމުން ޖަވާބު ނުދީ ފިލާ މަންޒަރުކަމަށްވެސް އެނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.