ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު: ފޮޓޯ/ޕީޕީއެމް
09 Dec 2022 | 16:24
މިސަރުކާރުން އަޅާ ބްރިޖާއި އެއްގޮތަށް ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި: ޑރ. މުޢިއްޒު

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އަޅާ ބްރިޖެކޭ އެއްފަދައިން މިސަރުކާރުގެ ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ މި ސަރުކާރުން ކުރިއަށް ގެންދަވާ ބްރިޖް މަޝްރޫޢުއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މުޢިއްޒު ވިދާޅުވީ ބްރިޖް މަޝްރޫޢުއަށް ޖަހާ ތަނބާއި، ޕްލެޓްފޯމް ވެސް ހަރުނުލާ އޮޔާ ދާ ގޮތްށް ސަރުކާރުގެ ތަރައްޤީވެސް އޮތީ އޮޔާ ގޮސްފައިވާ ކަމަށެވެ. 

“މިސަރުކާރުގެ ބްރިޖް މަޝްރޫޢުއަށް ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދެއްވާ. ހައުސިންގް މިނިސްޓްރީއިން ދޭ ސަމާލުކަމެއް އޮތްކަމަކަށް ނުފެނޭ. ޖަހާ ތަނބެއް ޕްލެޓްފޯމެއް ހަރެއްނުލާ ދަނީ އޮޔާ. ތަރައްޤީވެސް އޮތީ އޮޔާ ގޮއްސަ. ފަސް އަހަރުގެ ތަރައްޤީ މިވަނީ ދިވެހި ރައްޔިތުންނަށް ބީވެގެން ގޮއްސަ” މުއިއްޒު ވިދާޅުވިއެވެ. 

ނިމިދިޔަ ސަރުކާރުގެ ހައުސިންގް މިނިސްޓަރުގެ ހައިސިއްޔަތުން ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރެއްވިގޮތް ވަރަށް ކައިރިން ފެނިވަޑައިގެންނެވިކަމަށާއި، އެވަޢުދު ރައީސް ޔާމީން ވެވަޑައިގެންނެވީ އަމިއްލަފުޅަށް އެކަން ކުރައްވާނެގޮތް ޕްލޭން ކުރައްވައިގެން އެކަން ކުރައްވާނެގޮތް އެނގިވަޑައިގެން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

“ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުގައިވެސް ވިދާޅުވި ފުރަތަމަ ދައުރު ނިމޭނީ ބްރިޖް އަޅުއްވާފައޭ. އެވަޢުދުވެވަޑައިގެންނެވީ އަމިއްލަފުޅަށް އެކަން ކުރައްވާނެގޮތް ޕްލޭން ކުރައްވައިގެން އެކަން ކުރައްވާނެގޮތް އެނގިވަޑައިގެން. އެކަން އެއޮތީ ފެންނަން” މުއިއްޒު ވިދާޅުވިއެވެ. 

އަދި ނިމިދިޔަ ސަރުކާރުން ބްރިޖް މަޝްރޫޢު ކާމިޔާބު ކަމާއިއެކު ގެންދެވުނީ، އެކަމަށްޓަކާ ރައީސް އޮފީހުގަ ޚާއްޞަ މަސައްކަތަކެއް ފައްޓަވާ ޗައިނާ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރާއިއެކު ބްރިޖްގެ މަސައްކަތުގެ ސޮއި ކުރެވުނު ހިސާބުން އެކަމަށްޓަކާ މުޅި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ރުކުރުވާލައްވައިގެން ކަމަށެވެ. އަދި ސިނަމާލެ ބްރިޖްމަޝްރޫޢު އެހާ ކާމިޔާބުވުމުގެ އަސްލަކީ ރައީސް ޔާމީން ރޭވުންތެެރިކަމާއިއެކު އެކަން ކުރެއްވުމުގެ ނަތީޖާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ މި ދުވަސްވަރާއި ހަމަޔަށް އައިއިރު ސިނަމާލެ ބްރިޖްގެ 70 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށާއި ، އެހެން ނަމަވެސް މިސަރުކާރަށް މިހާދުވަސް ވީއިރު ބްރިޖްގެ 1 އިންސައްތަ މަސައްކަތް ނިމުނުހެންވެސް ހީނުވާ ކަމުގަައި ޑރ. މުޢިއްޒުގެ ވާހަކަަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
އަލީ ރަޝީދު
ކަލޭމެންގެ ބާރުއޮތް ދުވަހު މީހުނަށް ދިންފަދަ އަނިޔާއެއް މިހާރަކު ނުދެއެވެ. ތިޔަތިބީ ކިތައް މީހުންގެ ހައްގު ނިގުޅައިގަނެފައި ހެއްޔެވެ؟ ދެދުނިޔޭގައިވެސް އޭގެ ބަދަލު ﷲ ކަލޭމެންނަށް ދައްކަވާށިއެވެ. އާމީން
09 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.