ސައީދު ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Dec 2022 | 13:07
ޓާޓާއިން ފްލެޓުތައް އަޅަނީ ރާއްޖޭގެ ބިލްޑިންގް ކޯޑާއި ޚިލާފަށް: ސައީދު

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގެ ދެ ސަރަހައްދެއްގައި ފްލެޓުތައް އަޅަމުންދަނީ ދިވެހިރާއްޖޭގެ ބިލްޑިންގް ކޯޑާއި ޚިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޓާޓާ ކުންފުންޏަށް ކުރީގެ ނާދީ އާއި އޯޑިއޯން ބިން ފްލެޓު އެޅުމުގެ ނަމުގައި ދީގެން ހިންގަމުންދަނީ ވަރަށް ބޮޑު ވައްކަމެއް ކަމަށެވެ. އެކަން އިންޑިއާގެ ނޫހަކުންވެސް ރިޕޯޓުކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. 

އިންޑިއާގެ ޓާޓާ ކުންފުންޏަށް ނާދީ އާއި އޯޑިއޯންގެ ބިން އެންމެ ފުރަތަމަ ދޫކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ބިންތައް ދޫކޮށްފައިވަނީ އެ ތަންތަނުގައި ލަގްޒަރީ ފެންވަރުގެ ފްލެޓުތަކެއް ހެދުމަށެވެ. އެހެން ނަމަވެސް ފްލެޓު އެޅުމަށް ހަވާލުކުރި މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް ފްލެޓުތައް އެޅުމުގެ މަސައްކަތް ފަށާފައި ނުވާތީ، ނިމިދިޔަ ދައުރުގައި ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވަނީ ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކޮށްފައެވެ. 

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓާޓާ ކުންފުންޏަށް އެ ބިންތައް ވަނީ ދީފައެވެ. އަދި ބަދަލުގެ ގޮތުގައި ރިސޯޓު ތަރައްގީ ކުރާނެ ރަށެއްވެސް ވަނީ އެ ކުންފުންޏަށް ދީފައެވެ. 

އެކަމަށް އަލިއަޅުވާލާ ވާހަކަދައްކަމުން ސައީދު ވިދާޅުވީ، ޓާޓާ ކުންފުނިން އެ ތަންތަނުގައި މިހާރު އަޅަމުންދާ ފްލެޓުތަކަކީ ރާއްޖޭގެ ބިލްޑިންގް ކޯޑާއި ޚިލާފަށް އަޅާ ފްލެޓުތަކެއް ކަމަށެވެ. އެކަން ބަލާނެ އެއްވެސް ފަރާތެއް ނެތް ކަމަށާއި، ސަރުކާރުން އެކަން ކަމަށް އަޅާ ނުލަނީ ސަރުކާރުގެ އިސް ވެރިންނަށްވެސް ޓާޓާ ކުންފުނީގެ ފަރާތުން ނުހައްގު މަންފާތަކެއް ލިބޭތީކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ސައީދުގެ ވާހަކައިގައި ވަނީ އިންޑިއާގެ އެފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެފްކޯންސް ކުންފުންޏަކީ ބްރިޖު އެޅުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ނޫންކަން އެ މަސައްކަތް މިހާރު ކުރަމުންދާ ގޮތުންވެސް ހާމަވެގެން ދާ ކަމަށް ސައީދު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި ވެރިކަން އައިފަހުން ދިވެހިރާއްޖެއަށް އުޅެން ޖެހެނީ އިންޑިއާގެ ކިބައިން ސަލާމަތް ނުވެވިގެން ކަމަށެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އަމަލުކުރައްވަނީ އިންޑިއާގެ ޗީފް މިނިސްޓަރެއް އަމަލުކުރައްވާ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ. 

އެއާއެކު ސައީދު ވަނީ މިއީ ނިމުމަކަށް ގެންނަން ޖެހޭ އަޅުވެތިކަމެއްކަމަށް ވިދާޅުވެފައެވެ. އިންޑިއާއިން ދިވެހިރާއްޖޭގައި މަޝްރޫއުތައް ހިންގާނަމަ، އެކަންވެސް ކުރަންވާނީ ދިވެހި ސަރުކާރަށް ބާރު ފޯރުވޭ ގޮތަށްކަމަށް ސައީދުގެ ވާހަކައިގައި ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.