ދރ ޖަމީލު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Dec 2022 | 19:52
މި ވެރިކަމުގެ އެންމެ ޚާއްސަ ސިފައަކީ ބުޚުތާނު ދޮގުހެދުން: ޑރ ޖަމީލު

މި ވެރިކަމުގެ އެންމެ ޚާއްސަ ސިފައަކީ ބުޚުތާނު ދޮގުހެދުން ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާކަން ފާހަގަކުރައްވާ، ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވިދާޅުވީ ބުޚުތާނު ދޮގު ހެދުމަކީ މި ސަރުކާރުގެ އެންމެ ޚާއްސަ ސިފަކަމަށެވެ. މި ސަރުކާރު އައިފަހުން މަސްވެރިން "އަވަދި" ކޮށްފިކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސްވެރިންގެ ގާތުގައި ދައްކާ ވާހަކަތަށް ބީރު ކަންފަތެއް ދިނުމަށްވެސް ޑރ ޖަމީލު ވަނީ ގޮވާލައްވާފައެވެ. 

ޑރ ޖަމީލުގެ ޓްވީތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރެއްވިއެވެ. އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސް ސޯލިހަށް އެއްވެސް ކަމެއްގައި ރަނގަޅު ނަތީޖާ ނުނެރެވޭކަމަށެވެ. 

"ކުޑައިރުއްސުރެ ނަތީޖާ ޝީޓްގައި ސުމެއް އޮތް ވެރިއެއް މިއީ"

ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު 

މި ސަރުކާރަކީ މަސްވެރިންނަށް ވަރަށް ބޮޑެތި ވައުދުތަކެއް ވެގެން ވެރިކަމަށް އައި ސަރުކާރެކެވެ. އެހެން ނަމަވެސް މަސްވެރިން ބާނާ މަސްކޮޅު ކިރުމުގަޔާއި، ކިރާ މަހަށް ފައިސާ ލިބުން ލަސްވާ މައްސަލައިގައި މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އެތައް ފަހަރެއްގެ މަތިން ހިއްސާކޮށްފައެވެ. 

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން، އެ ސަރަހައްދުގެ މަސްވެރިން ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު މުޒާހަރާވެސް ކޮށްފައެވެ. 

މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައި ވާ ކަމަށާއި، މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި ސަރުކާރު ނުކުޅެދިފައިވާކަން ފާހަގަކުރައްވާ މަސްވެރިންގެ ގިނަ ބަޔަކު ނިކުމެ އަޑުއުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ހީލާ
މިއީ ވަރަށްތެދުބުނާބޭފުޅެއް ދެއްތޯ ތެދުބުނާ ނަބިއްޔެއްތޯ
12 Dec 2022
ހީލާ
މިއީ ވަރަށްތެދުބުނާބޭފުޅެއް ދެއްތޯ ތެދުބުނާ ނަބިއްޔެއްތޯ
12 Dec 2022
އަފީފާ
ޖަމިލުތަ ތިހެން ބުނީ. ލަދުންގޮސް ބުނާ ނެ އެއްޗެއްވެސް ނޭގޭ.
12 Dec 2022
އިއްބެ
ސިޔާސީގޮތުންނިކުންނެވިފަހުންޑރޖަމީލަށްކިތައްދޮގުހެދިއްޖެތަ ނޫސްތައްބަލައިގެން ގުނާބޅަ
13 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.