ޣައްސާނު ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Dec 2022 | 10:47
ދިވެހިރައްޔިތުން ދެން އަނބޮއްފުޅަށްވެސް ދަނބޮއްފުޅަށްވެސް ބަލާނެކަމެއް ނެތް: ޣައްސާން

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވެރިންނަކީ އަމިއްލަ ޕާޓީގެ އާންމު މެމްބަރުންނަށްވެސް ކަންކަން އޮޅުވާލާ ބައެއްކަމަށާއި، ދެން އެމްޑީީގެ ލީޑަރުންނަށް ރައްޔިތުން ފުރުސަތު ނުދިނުމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ގޮވާލައްވައިފި އެވެ. 

ޣައްސާނު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.

އެގޮތުން ޣައްސާނު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާދިނުމުގައި ނުކުޅެދިފައިވާކަމުގެ ގިނަ މިސާލުތައް ދައްކަވާފައެވެ. 

"މަސްވެރިންނަށް ވީ ވައުދުތައް.. މިވާހަކަތައް ދައްކާ ހުސްނުވާނެ، އެހެން ނަމަވެސް ފެންނަނީ އެއީ މަސްވެރިންނަށް ކުރި މަލާމާތެއްކަމަށް، 1486 ދުވަހުން ނުވިކަމެއް 340 ދުވަހުގެ ތެރޭގައި މިހާރު އެ ބުނަނީ ކުރާނަމޭ. ކާކު ތޯ ގަބޫލު ކުރާނީ؟ އިންސާފުގެ ދަތުރެކޭ ބުނި، ފެންނަނީ ހިތް ރުހޭ މީހާއަށް ވަކި ގޮތެއް ނަފްރަތު ކުރާ މީހާ ޖަލަށް"

ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން 

ޣައްސާނުގެ ވާހަކައިގައި ވަނީ ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް އައުމަށް ވީ ވައުދުތަކާއި، ވެރިކަމަށް އައުމަށްފަހު ކަންކަން ކުރައްވަމުން ދާ ގޮތާއި ދިމާނުވާކަން ފާހަގަކުރައްވާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. 

އޭގެ ތެރެއިންވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ ދިއުމާއި، ސްޓިކާ ޖަހައިގެން ދައުލަތަށް އާމްދަނީ ހޯދަމުންދާ ދިއުމަށް ޣައްސާނުގެ ފާޑުކިޔުން އަމާޒުކުރެއްވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މިއީ އާ ކަންތަކެއް ނޫންކަމަށެވެ. އަދި މި ވެރިކަމުގައި ކަންކަން ހިނގަމުންދާ ގޮތާއި މެދު ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ. 

އެމްޑީޕީ ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަނީ އެމީހުންނަށް ނުފުއްދޭނެ ވައުދުތައް ވެގެން ކަމަށާއި، ވެރިކަމަށް އައުމަށްފަހު މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ކުރުމަށްކަމަށް ޣައްސާނު ވިދާޅުވިއެވެ. 

"އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފެންނަނީ، ނުފުއްދޭ ވަރުގެ، ނޫނީ އެމީހުންގެ އަމިއްލަ ނަފްސުންވެސް ފުއްދާ ނުދޭނެކަމަށް ނިންމައިގެން ތިބި ވައުދުތަކެއް ރައްޔިތުންނަށް ވެގެން ވެރިކަމަށް އާދެވޭ ހިސާބުން މުޅިން އެހެން ގޮތަކަށް ކަންތައްތައް އަނބުރާލާ އެހެން އެޖެންޑާއެއް ހާސިލް ކުރަން މަސައްކަތް ކުރާތަން"

ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން 

ޣައްސާނުގެ ވާހަކައިގައި ވަނީ އެމްޑީޕީއާއި އެޕާޓީގެ އިސްވެރިން ދައްކަވާ ވާހަކަތަށް ރައްޔިތުން އިތުރަށް ނުހެއްލުމަށް ގޮވާލައްވާފައެވެ. ޕާޓީގެ ދެ ރައީސުންގެ ދެމެދުގައި ނުތަނަވަސްކަމެއް އޮތްކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެ ދެ ބޭފުޅުންނަކީވެސް ހަމަ އެކައްޗެއްކަމަށް ޣައްސާނުގެ ވާހަކައިގައި ވަނީ ސިފަ ކުރައްވާފައެވެ. 

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު

"ދިވެހި ރައްޔިތުން ދެން އަނބޮއްފުޅަކަށްވެސް ދަނބޮއްފުޅަކަށްވެސް ބަލާނެކަމެއް ނެތް، ދެ މީހުންވެސް ކުރަނީ އެއް ގޮތަކަށް"

ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން 

އެކަންކަން ފާހަގަކުރައްވާ ޣައްސާނު ވިދާޅުވީ، ދިވެހިރާއްޖޭގައި މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރެވޭނެ ވެރިކަމެއް ގާއިމް ކުރެވެން ޖެހޭކަމަށެވެ. އަދި މި ގައުމުގައި ތިބި އިންޑިއާ ސިފައިންވެސް އަނބުރާ ދާން ޖެހޭ ކަމަށާއި، ދިވެހިންގެ ވެރިކަމެއް މި ގައުމުގައި އުފެދިގެން ނޫނީ ހަމަޖެހުމެއް ނެތްކަމަށް ޣައްސާނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ޖަހަންގީރު
ބައްޕަ 30 އަހަރު ގައުމު ހިންގީ އިސްޓިކާ ޖަހައިގެން
13 Dec 2022
ދޮންފުޅު
އަބަންފުޅު އެއީ މައުމޫނު ދަބަންފުޅު އެއީ ޔާމީނު
13 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.