އަބްދުއްރަހީމް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Dec 2022 | 13:00
މި ސަރުކާރު ވައްކަން ކުރަނީ ގުޅިގެން ރާވައިގެން، މުލުގައި ހުންނެވީ ރައީސް ޞާލިހު: އަބްދުއްރަހީމް

މި ސަރުކާރުން ވައްކަން ކުރަމުންދަނީ، ސަރުކާރުގެ އިސްވެރިން ގުޅިގެން ރޭވުންތެރިކަމާއެކުގައި ކަމާއި، ވައްކަމުގެ މުލުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ. 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދަކީ ދައުލަތުގެ މުދަލުން ވައްކަން ކުރުމުގެ ދިގު ތާރީހެއް އޮތް ބޭފުޅެކެވެ. އެގޮތުން ރައީސް މައުމޫނު ދައުރުއްސުރެ، ޝާހިދު ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

"ކުޑަ ވަގެއް ނޫން ޝާހިދު އަކީ. ޒަމާނުއްސުރެ ވައްކަން ކުރާ މީހެއް. ޑރ ޖަމީލުމެންނަށް އެނގިވަޑައިގަންނަވާނެ ރައީސް މައުމޫނުގެ ޒަމާނުގައި ކުރި ވައްކަން. ރައީސް އޮފީހުގައި ހުރެގެން ރައީސް އޮފީހަށްވުރެ ކުރިން އިބްރާހިމް މިސްކިތް ކުރިމަތީގައި ބޮޑު ސިންގާ ބިލްޑިންގއެއް އަޅާ ނިންމާލީ. މިވާހަކަ އަޅުގަނޑުމެން ދެއްކީމާ ޝާހިދު މި ރުޅި އަންނަނީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ޝާހިދުގެ އިތުރުންވެސް ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބައެއް ވަޒީރުންނަށް ވައްކަމާއި ޚިޔާނާތުގެ ތުހުމަތު އަބްދުއްރަހީމް ކުރެއްވިއެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުގައި އޮތީ ހުސް ވައްކަން ކަމަށެވެ. އަދި ސަރުކާރުން ކުރާ ވައްކަންތަކުގެ އެންމެ އަޑީގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަމަށްވެސް ވިދާޅުވިއެވެ. 

"މި ސަރުކާރުގައި ހައްތަހާ ތިބީ ވަގުން. ހައްތަހާ ތިބީ ވަގުން... އެޭޣެ ތެރޭގައި މުލު ވަގު އިބްރާހިމް މުހައްމަދު ސޯލިހު އެއީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މި ގައުމު ބޮޑު އަދަވަޅުގަނޑަކަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ ނާގާބިލް ބަޔަކާއި ގައުމުގެ ހިންގުން ހަވާލު ކުރެވުންކަމަށެވެ. އަދި ބަދުނަސީބުން މިއަދު ގައުމު ހިންގަން ހަވާލުވެ ތިބީ ގައުމަށް ޣައްދާރުވުމުގެ ތާރީޚު އޮތް ބަޔަކާއި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.