ޝިޔާމު މަޖިލީހުގައި ވާހަކަދައްކަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Dec 2022 | 13:55
ޝިޔާމުގެ ސުވާލެއް: ރައްޔިތުންގެ ފައިސާއިން 12 ބިލިއަން ޚަރަދުކޮށްގެން ހައްގީ "ބަޅު" ކެރޭނެއްތޯ؟

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުކަމަށް ވާ ތިލަމާލެ ބްރިޖު އެޅުމަށް ރައްޔިތުންގެ ފައިސާއިން 12 ބިލިއަން ޚަރަދުކޮށްގެން ހައްގުވަނީ "ބަޅު" ކެރޭނެއްތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ސުވާލުކުރައްވައިފި އެވެ. 

ޝިޔާމު މިފަދައިން ސުވާލު ކުރައްވާފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ކެރޭނެއް ބިންދައިގެން ގޮސް ކަނޑަށް ވެއްޓޭ މަންޒަރު ފެންނަމުންދާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި ޝިޔާމު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ރައްޔިތުން އަތުން ބޮޑު ޚަރަދެއް ކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އަތުން ކުރި ޚަރަދާއި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި އެ މަސައްކަތް ކުރިއަށް ނުދާކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމުގެ ނަމުގައި ސަރުކާރުން ހިންގަމުންދަނީ ބޮޑު ވައްކަމެއް ކަމަށެވެ. 

"2022 އަހަރަށް ފުރަތަމަ ފާސްކުރި ބަޖެޓަކީ 39 ބިލިޔަންރުފިޔާ. ތިލަމާލެ ބުރިޖު އަޅަން ލޯން އިންޓަރެސްޓާއެކު 12 ބިލިޔަން ރުފިޔާ. މިއީ ބަޖެޓުގެ %30. ރައްޔިތުންގެ ފައިސާ އިން މިހާބޮޑު ހޭދައެއްކޮށްގެން ރައްޔިތުންނަށް ޙައްޤުވަނީ 'ބަޅު' ކެރޭނެއްތޯ? މިއީ ރޯމާދުވާލުކުރާ ބޮޑުވައްކަމެއް"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. 

ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، އެފްކޯންސް ކުންފުނީގެ ގާބިލްކަމާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ތިމަ ލާމެ ބްރިޖުއެޅުމަށް އެފްކޯންސް ކުންފުނިން ބޭނުން ކުރަމުން ދިޔަ ކެރޭނެއް ބިނދި ކަނޑަށް ވެއްޓިފައިވާއިރު، ބްރިޖުއެޅުމަށް އެފްކޯންސް ކުންފުނިން ހެދި ޕްލެޓްފޯމެއްވެސް ވަނީ ވިލިމާލެ ފަރަށް އަރާފައެވެ.

އެކަމުގެ ސަބަބުން އެ ފަރަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ގެއްލުމުގެ ބަދަލު ދިނުމަށްވެސް އެފްކޯންސް ކުންފުނިން ވަނީ އެ ކުންފުނި ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.