ޝެއިޚް އަބްދުﷲ ސައުދާން--
ހަބަރު
15 Dec 2022 | 12:32
ބައެއް އަނބިން ދެކޭ ގޮތުގައި ފިރިމީހާ ކުރާ އަނިޔާއަށް ކެތް ކުރުމަކީ ދީނީ ވާޖިބެއް: ޝެއިޚް ސައުދާން

ފިރިމީހާގެ ކިބައިން އެތައް އަނިޔާއެއް ލިބުނު ނަމަވެސް، އެ އަނިޔާއަށް ކެތް ކުރުމަކީ ދީނީ ވާޖިބެއް ކަމަށް ބައެއް އަނބިން ދެކޭ ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ގެވެށި އަނިޔާވެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކު މި ކުޑަ މުޖުތަމައު ގައި ތިބި އިރު, ދާދި ފަހުން، ނޮޅިވަރަމްގައި ނިޔާވި، ނިޝާމާ މުހައްމަދު ވެސް ނިޔާވެފައިވަނީ އޭނާގެ ފިރިމީހާ ދިން އަނިޔާ ތަކުގެ ސަބަބުން ކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ. 

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝެއިޚް ސައުދާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް އަނބިން ދެކޭ ގޮތުގައި ފިރިމީހާ ކުރާ އަނިޔާއަށް ކެތްކުރުމަކީ ދީނީ ވާޖިބެއް ކަމަށާ، އަދި އެއީ ކޮންމެ ދެމަފިރިއަކުވެސް އުޅޭ ގޮތް ކަމަށް ގަބޫލު ކުރާ އަނބިންވެސް އުޅޭ ކަމަށެވެ.

"އަނެއްބައި މީހުން ދަރިންނަށްޓަކައޭ ކިޔާފަ، އަނިޔާ ތަހަންމަލު ކުރަމުން މުޅިޙަޔާތް ހޭދަކުރަނީ ހިތާމަޔާއި ވޭނުގަ! މިއީ ދިރިއުޅުމެއްތޯ؟" ޝެއިޚް ސައުދާން ވިދާޅުވިއެވެ. 

މީގެ އިތުރުން، ޝެއިޚް ސައުދާން ގެ އެ ޓުވީޓަށް ކޮމެންޓު ކުރި މީހަކު އަނބިމީހާ ގައިގައި ޖެހުމަކީ އަނިޔާ ކުރުން ކަމަށް ވާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް ވަނީ އެއީވެސް އަނިޔާ ކުރުން ކަމަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނިސާ ސޫރަތުގައި ނުކިޔަމަންތެރި އަނބިންގައިގަ ޖެހުމަށް ކަމަށް އޮންނަނީ ތަދުވެސް ނުވާ ގޮތަށް، ހާނިއްކަވެސް ނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.