އިދިކޮޅުން ގަވަރުނަރާއި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ޕީޕީއެމް
15 Dec 2022 | 13:46
"އިންޑިއާއިން ނަގާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ގަވަރުނަރަށްވެސް އެނގިވަޑައިނުގަންނަވާ"

އިންޑިއާއިން ނަގަމުންދާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތަކަކީ ކޮބައިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމަށް ވިދާޅުވެނުދެއްވުނުކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފިއެވެ.

ދައުލަތުގެ ރިޒާވްގައި ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާނެތި، ރިސާވް ހުސްވެ، ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރުހީވާ ކަމަށް ބުނެ، އިދިކޮޅު އިއްތިހާދުގެ ލީޑަރުން މަރުކަޒީ ބޭންކުގެ ގަވަރުނަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ މިއަދު ގަވަރުނަރާއެކު ހޭދަކުރެއްވި ކުޑަ ވަގުތުކޮޅަށްފަހު، ގައުމުގެ ހާލަތާއި މެދު ހުރި ކަންބޮޑުވުންތައް އިތުރު ވެއްޖެކަމަށެވެ. 

"އަޅުގަނޑުމެން މިތަނުގައި ހޭދަކުރި ވަގުތުކޮޅަށްފަހު މި ނިކުންނަނީ އައިއިރަށްވުރެ ގިނަ ކަންބޮޑުވުންތަކާއެކު. އެއީ އަޅުގަނޑުމެންނަށް ބޭރު ތެރެއިން އިވޭ އަޑުތަކަކީ ހަގީގީ އަޑުތަކެއްކަން މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެނގިގެން ދިއުމުން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވީދާޅުވީ، ރާއްޖޭގެ އިގްތިސާދާއި ގުޅިގެން އިދިކޮޮޅުގެ ހުރި ކަންބޮޑުވުންތަކުގެ ހައްލުވެސް ގަވަރުނަރަށް ވިދާޅުވެ ނުދެއްވުނު ކަމަށެވެ. އަދި އޭއާއި އެކު އެންމެ ބޮޑަށް ކަންބޮޑުވާންޖެހުނު ސަބަބަކީ އިންޑިއާއިން ނަގަމުންދާ ބޮޑެތި ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ފަދަ ތަފުސީލުތައް ޚުދު ގަވަރުނަރަށްވެސް އެނގިވަޑައިނުގެންނެވުން ކަމުގައި އޭނާ ވިދާޅުވި އެވެ.

"އެއަށްވުރެ ބޮޑަށް ކަންބޮޑުވާން މިޖެހުނީ، މި އިންޑިއާ އިން މިނަގާ ލޯނު ތަކުގެ އިންޓްރެސްޓް ރޭޓެއް، އެޔެއް އެއްވެސް އެއްޗެއް ޚުދު ގަވަރު ނަރަށަްވެސް އެނގިވަޑައިނުގަންނަވާ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ، ސެންޓްރަލް ބޭންކް މިތަނަކީ. މިތަނުގައި ހުންނަ އެންމެ އިސްވެރިޔަކަށް މިމީހުން [ސަރުކާރު] ހިންގާ މާލީ މުއާމަލާތްތަކުގެ ތަފުސީލު ނޭނގުމަކީ ހަގީގަތުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް. އަޅުގަނޑުމެން މިއަދު މިތިބީ ކޮންފަދަ ހާލަތެއްގައި ކަމެއްވެސް ނޭނގެ" އަދުރޭ ވިދާޅުވިއެވެ.

އަދި މާލީ ހާލަތު އޮތް ގޮތާމެދު ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހު ހިފަހައްޓައިލެވިދާނެކަމަށް ކަމަށާއި، މިހާރު ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާމެދު، ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމަށާ، އެކަމާއި ގުޅިގެން އެމްއެމްއޭއިން ހިއްސާކުރި ކަންބޮޑުވުންތަކަށް ބަޖެޓު ފާސްކުރުމުގައި ރިއާޔަތްކޮށްފައިނުވާކަމަށްވެސް ގަވަރުނަރު ވިދާޅުވިކަމުގައި އަދުރޭ ވިދާޅުވިއެވެ.

އެހެންކަމުން އެ ބައްދަލުވުމުންވެސް އެނގިގެންދިޔައީ ސަރުކާރާއި މެދު ރައްޔިތުން ކުރަމުންއައި ޝަކުވާތައް ކުރިއަށް ވުރެވެސް ބޮޑަށް ކުރުމުގެ ޖާގައެބައޮތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

ޢަބްދުއްރަޙީމް ވިދާޅުވީ ގަވަރުނަރުގެ ވާހަކައިން އެނގުނުކަމަކީ މިނިވަންކަމާއެކު ޤާނޫނުން މަރުކަޒީ ބޭންކާ މަތިކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގައެއް އަދި އެކަމަށް ބޭނުންވާ މައުލޫމާތެއްވެސް މަރުކަޒީ ބޭންކަށް ލިބިފައި ނެތްކަންކަމަށާއި، އެހެންކަމުން ގަވަރުނަރަށް އެންމެ ރަނގަޅު ގޮތަކަށްވާނީ މަޤާމުން އިސްތިއުފާދެއްވުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް
ާާޢަލިފުޅުބެ
ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެދުދޮގު ވަރައް ސާފުނުވޭ.
15 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.