އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
15 Dec 2022 | 22:38
"މަރު ކޮމިޝަނުން ކުރިން ބުނީ ރިޟްވާންގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވޭނެ ހެއްކެއް ނެތްކަމަށް"

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފުރަތަަމަ އެކުލަވައިލެއްވި މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެެއެވެ. 

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީނަށް ކުރި ތުހުމަތުތަކާއި ގުޅިގެން އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ، މަރުކޮމިޝަނުން މިއަދު ހުށަހެޅި ރިޕޯޓަކީ އިދިކޮޅުން ގަބޫލުކުރާ ރިޕޯޓެއް ނޫން ކަމަށާ، އެއީ އެއްވެސް ހަގީގަތެއް އޭގައި ހިމެނޭ ރިޕޯޓެއް ނޫންކަމަށެވެ. އެއާއެކު އަދުރޭ ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބަލައި ނިންމާފައިވާ މައްސަލައެއް ކަމަށެވެ. 

އަދި އެކަން އެގޮތަށް ކުރީ ސަރުކާރުން ކޮށްފައި ވަނިކޮށް، އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން ވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރިޕޯޓެއް ނެރުއްވައި އެ ރިޕޯޓާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ. 

"އެއީ 1 ސެޕްޓެމްބަރު 2019 ގައި. އޭރުގެ އެ ކޮމިޝަންގެ ރައީސް، މިހާރު ސްޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު އާއި، ނޫސްވެރިއަކު ސުވާލު ކުރެއްވި މި މައްސަލަ އާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއްވޭތޯ؟ ނޫނީ ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކުރައްވާނަންތޯ؟ (ހުސްނުއްސުއޫދު) ވިދާޅުވީ ރައީސް ޔާމީނާއި މި މައްސަލަ އާއި ގުޅުވޭނެ އެއްވެސް ހެއްކެއް ތިމަންނަމެންނަށް ލިބިފައެއް ނެތޭ." 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)

ހުސްނުއްސުއޫދު އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދައިން ވިދާޅުވި ވީޑިއޯވެސް އަދުރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވާފައެވެ. 

އެފަދައިން ކަން ނިމިފައި ވަނިކޮށް، 3 ފެބްރުއަރީ 2021 ގައި، ގަރާރެއް ނެރުއްވުމަށްފަހު ރައީސް ޞާލިހު ބޭނުންވާ ފަރާތްތަކެއް ހިމަނުއްވައިގެން އަލުން މަރުކޮމިޝަން އެކުލަވާލާފައިކަން އަދުރޭ ފާހަގަކުރެއްވިއެވެ. 

އަދި، މިސަރުކާރުން ވެރިކަމަށް އަންނަންވެގެން އެންމެ އަޑު ހަރުކޮށް ދެއްކެވި ވާހަކައަކީ ރިޟުވާނާއި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ކޮށް، ވެރިކަމަށް ހުވާކުރައްވާތާ 48 ގަޑިއިރު ތެރޭ އެކަން ރައްޔިތުންނަށް ހާމަކުރައްވާނެ ވާހަކަ ކަމަށާ، އެހެން ނަމަވެސް އެކަން ވީ އޭގެ ގާތްގަނޑަކަށް އެއް އަހަރު ފަހުން ކަމަށްވާއިރު, އެފަހަރުވެސް އެކަން ކުރެވުނީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށް މަރުކޮމިޝަން އެކުލަވާލީވެސް އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. 

"މިއީ ސިޔާސީ ކޮމިޝަނެއް. މި ކޮމިޝަނުން މި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް. އެނގިވަޑައިގަންނަވާނެ މިއަދު މި ވާހަކަދެއްކެވި މިސްބާހުއަކީ ފެށުނީއްސުރެ ޒާތީ ގޮތުން ރައީސް ޔާމީނާއި ޖައްސާލާފައި ހުންނަ ބޭފުޅެއް. ރައީސް ޔާމީނަށް ގޯނާ ކުރުމާއި ދުއްތުރާ ކުރުމާއި، ރައީސް ޔާމީންގެ އަބުރު ކަތިލުމާ، މިހުރިހާ ކަމެއްގައި އަރާހުރި ބޭފުޅެއް މިނާއަކީ."

ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)

އަދުރޭ ވިދާޅުވީ، މަރުކޮމިޝަން މިއަދު އެފަދަ ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅާފައިވަނީ މައިގަނޑު ތިން ސަބަބަކާއި ހުރެ ކަމަށެވެ.

"އެއްކަމަކީ، ރައީސް ޔާމީން އަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. އަދި އޭގެ އިތުރަށް އެއީ ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓް. އެހެންވީމާ އެމަނިކުފާނުގެ އަބުރު ކަތިލުން އެއީ އެއް ބޭނުން. އަނެއް ބޭނުމަކީ މި ސަރުކާރަށް ތާއީދެއް ނެތްކަން ޔަގީންވެ، މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާކަން އެނގި، ދެވަނަ ދައުރެއް ނުލިބޭނެ ކަން ޔަގީންވީމާ ދެން އަނެއްކާވެސް ކުރެވުނު ގޮތަކުން ރައީސް ޔާމީނަށް ދުއްތުރާ ކުރުން. ހަމައެއާއެކީގައި ރައީސް ޔާމީންގެ ޝަރީއަތެއް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދޭ. އެއަށް ޕްރެޝަރު ކުރުންވެސް މިއީ މިއަދުގެ ނޫސް ކޮންފަރެންސްއެއް ބާއްވާ ވާހަކަ ދެއްކުމުގެ މައިގަނޑު އެއް ސަބަބު ކަމަށް އަޅުގަނޑު މެން ގަބޫލުކުރަނީ." އަދުރޭ ވިދާޅުވިއެވެ. 

އެހެންކަމުން މި މައްސަލާގައި މިސްބާހުގެ މައްޗަށް ދައުވާކުރުމަށް ނިންމަވާފައިވާ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ