އެންޑްރިކް ފެލިޕޭ
ކުޅިވަރު
16 Dec 2022 | 16:19
އެންޑްރިކް މެޑްރިޑުގެ ހުށަހެޅުން ގަބޫލްކޮއްފި

މިވަގުތު ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އެކުލުންތެރިއެއްގެ ސޮއި ހޯދުމަށްް އެންމެ ބޮޑަށް ބޭނިންވެގެން އުޅޭ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ސްޕެއިންގެ ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭބުނެ އެޓީމާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑާއި ގުޅުމަށް އެއްބަސްވެއްޖެއެވެ.

ބްރެޒިލްގެ ޕަލަމޭރަސް އަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ފޯވޯޑް އެންޑްރިކް ފިލިޕޭ ރެއާލް މެޑްރިޑަށް ވިއްކާލަން ޕަލަމޭރަސް އިން އެއްބަސްވި އަގަކީ 60 މިލިއަން ޑޮލަރެވެ. އެންޑްރިކް އަކީ ބްރެޒިލްގެ ކުޅުންތެރިންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރެނީސް ރެއާލްއިން ސޮއި ކުރި ތިންވަނަ ކުޅުންތެރިޔާ އެވެ. ރެއާލްގެ މިހާރުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯ ގޮއިސް އަކީ ވެސް އުމުރުން 18 އަހަރު ނުފުރެނީސް މެޑްރިޑަށް ކުޅުމަށް އެއްބަސްވި ދެ ކުޅުންތެރިންނެވެ. އެކަމަކު އެ ދެ ކުޅުންތެރިން ވެސް ރެއާލް އަށް ސޮއި ކުރީ އުމުރުން 18 އަހަރު ފުރުމުންނެވެ`

މިސީޒަންގައި ޕަލަމޭރަސް އަށް ކުޅެދިން 7 މެޗުގައި 3 ގޯލް ކާމިޔާބުކޮށްދީފައިވާ އެންޑްރިކް ބުރެޒިލްގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅުނު 4 މެޗު 5 ގޯލް ކާމިޔާބުކޮއްދީފައި ވެއެވެ. ޕަލަމޭރަސްގެ ޔޫތު އެކަޑަމީ ތެރެއިން ތަމްރީންވި ސްޓައިކަރަކީ ކުރިމަގުގައި ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިޔެއް ކަމަށް ބްރެޒިލާއި ޔޫރަޕްގެ ފުޓްބޯޅަ ތަޖުރިކާރުން ވެސް ގަބޫލު ކުރެ އެވެ. އަދި އޭނާގެ ކުޅުމުގެ ސްޓައިލް އަޅާ ކިޔަނީ ބްރެޒިލްގެ ދެ ލެޖެންޑުން ކަމަށްވާ ރޮނާލްޑޯ އާއި ރޯމާރިއޯ އާއެވެ.

އެންޑްރިކް ރަސްމީކޮށް ރެއާލް އަށް ބަދަލު ވާނީ އޭނާ އަށް 18 އަހަރު ފުރުމުން، ޖޫން 2024 ގައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ރެއާލްއާއި އެކު ސޮއި ކުރުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.