ރޮނާލްޑް ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓޭޑާއި އެކު ކުލަބް ވޯލްޑްކަޕް ކާމިޔާބުކޮއްފައިވޭ
ކުޅިވަރު
16 Dec 2022 | 21:50
32 ޓީމާއި އެކު ކުލަބް ވޯލްޑް ކަޕް 2025 ގައި
16 Dec - 10:05

ފީފާ ކުލަބް ވޯލްޑް ކަޕް 2025 ވަނަ އަހަރުން ފެށިގެން 32 ޓީމާއެކު، ޤައުމުތަކުގެ ވޯލްޑް ކަޕް ބާއްވާ ފޯމެޓަށް ބޭއްވުމަށް ނިންމައި އެކަން ފީފާއިން އިއުލާން ކޮއްފިއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު އިއުލާން ކޮށްފައި ވަނީ 2025 ވަނަ އަހަރު، އާ ފޯމެޓަކަށް ކްލަބު ވޯލްޑް ކަޕެއް ބާއްވަން ފީފާއިން ނިންމާފައިވާ ކަމަށާއި އެ މުބާރާތުގައި 32 ކްލަބެއް ފެންނާނެ ކަމަށެވެ.އަދި މީގެ އިތުރުން އަންހެން ކްލަބު ވޯލްޑް ކަޕެއްވެސް ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފީފާއިން މިއަދު އިއުލާން ކުރިގޮތުގައި ކޮންމެ ދެ އަހަރުން އެއް އަހަރު މާޗު މަހުގެ ފީފާ ދުވަސްތަކުގައި ހަތަރު ގައުމު، ނޫނީ އެއަށްވުރެ އިތުރު ގައުމުތައް ވާދަކުރާ ކުދިކުދި މުބާރާތް ބާއްވަން ގަސްދުކޮށްފައިވާ ކަމަށްވެސް މިއަދު އިންފަންޓީނޯ އިއުލާން ކުރައްވާފައިވެއެވެ. އެއީ ފީފާ ކަލަންޑަރަށް ގެންނަން ގަސްދުކުރާ ބަދަލުތަކުގެ ތެރޭގައި އިންފަންޓީނޯ މިއަދު އިއުލާން ކުރައްވާފައިވާ ބަދަލެކެވެ.

އިންފަންޓީނޯ ވިދާޅުވީ ދެ މެޗުގެ ފީފާ ވިންޑޯގެ ބަދަލުގައި ކުޅުންތެރިންނަށް ރެސްޓް ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަހަލަ ގޮތަކަށް ގައުމީ ޓީމުގެ މެޗުތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ފުޓުބޯޅައިގައި އެންމެ މުހިއްމު ވާން ޖެހޭނެ ކަމަކީ ކުޅުންތެރިންގެ ސިއްހީ ހާލަތު ކަމަށެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

މިއަދުގެ ޕްރެސްގައި އިންފަންޓީނޯ ވަނީ ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމްތަކަށް ތައުރީފުކޮށް ވާހަކަ ދައްކަވައިފައެވެ. އަދި މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އިންފަންޓީނޯ ޝުކުރު އަދާކުރައްވައި ވިދާޅުވީ، މިއީ އެންމެ މަސްލަހަތު ރަނގަޅު ވޯލްޑް ކަޕް ކަމަށާއި އެއްވެސް ނުރައްކާތެރި ކަމެއް ނުހިނގާ ވޯލްޑް ކަޕް ނިންމާލުމަށް ގާތްވެފައިވާ ކަމަށެވެ.

މީގެ ކުރިން ކްލަބު ވޯލްޑް ކަޕް ބާއްވަމުން އައީ ބައްރުތަކުގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައެވެ. އެ މުބާރާތް ކޮންމެ އަހަރަކު މިހާރު ބާއްވަމުންދާ އިރު، އަލަށް 2025 ގައި ބާއްވާ ކްލަބު ވޯލްޑް ކަޕަށް ޓީމުތައް ކޮލިފައިވާ އުސޫލު އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އިންފަންޓީނޯ ފާހަގަކުރެއްވީ ފުޓުބޯޅަައިގައި ދުނިޔޭގެ ޝާމިލުވުން ބޮޑުވަމުންދާކަން މި ވޯލްޑް ކަޕުންވެސް ފާހަގަވަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހަމަހަމަ ފުރުސަތުތައް ދޭން އިތުރު މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ކުލަބް ވޯލްޑް ކަޕް ތާރީޚްގައި އެންމެ ކާމިޔާބު ކުލަބް ރެއާލް މެޑްރިޑް

ކްލަބް ވޯލްޑް ކަޕް ތާރިޚްގައި އެންމެ ކާމިޔާބު ކުލަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އެޓީމު ވަނީ މި މުބާރާތުގެ ޗެންޕިއަންކަން 04 ފަހަރު 2014،2016،2017،2018 ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.