ޑާވިން ނުނޭޒްގެ ދެ ގޯލާއި އެކު އޭސީ މިލާން އަތުން ލިވަޕޫލް މޮޅުވީ 4-1 ން
ކުޅިވަރު
17 Dec 2022 | 04:35
ފަސޭހަކަމާއެކު އޭސީ މިލާން އަތުން ލިވަޕޫލް މޮޅުވެއްޖެ

އެކުވެރިމުގެ މެޗެއްގައި އިގިރޭސި ކުލަބް ލިވަޕޫލް އާއި އިޓާލިއަން ލިގު ޗެންޕިއަން އޭސީ މިލާން ވަދަކުރި މެޗު 4-1 ން ލިވަޕުލް ކާމިޔާބުކޮށްފިއެވެ. ދުބާއީގެ އަލް މަކްތޫމް ސްޓޭޑިއަމް ކުޅެވުނު މިމެޗުގައި، މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އުރުގުއާއީ ޓީމުގައި ހިމެނުނު ޑާވިން ނުނޭޒް މިމެޗުގައި ދެ ލަނޑު ކާމިޔާބުކުރިއެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް މެޗުގެ ލީޑު ހޯދައި ދީފައެވެ. ނަމަވެސް މެޗު ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭސީ މިލާންގެ ބެލްޖިއަމް މިޑްފީލްޑަރ އެލެކްސިސް ސެލެމެކަރސް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕުލުގެ ސްޕެނިޝް މިޑްފީލްޑަރ ތިއާގޯ އެޓީމަށް އަލުން ލީޑު ހޯދައިދިނެވެ. ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއްފެނިގެންދިޔަ މިމެޗުގައި ނުރައްކާތެރި ހުސް ފުރުސަތުތަކެއް ލިބުނީ ލިވަޕޫލަށެވެ.

މެޗުގެ ދެވަނަ ހާފުގައި އިތުރު ބަދަލުތަކަކާއި އެކު ލިވަޕޫލުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއެވެ.  އަދި މިމެޗުގައި އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޑާވިން ނުނޭޒްއެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން އުރުގުއާއީ ހިތްދަތިގޮތަކަށް ކަޓައިގެން ދިއުން އިތުރު ބުރޭކެއް ނެގުމެއްނެތި ނުނޭޒް ވަނީ ލިވަޕޫލްގެ ފަރިތަކުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ސަލާހު އޭސީ މިލާންގެ ދެކުޅުންތެރިން ކައިރިން ދެމިގަނެވޭތޯ މަސައްކަތްކުރަނީ، މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން

މިދި ހަފްތާގައި ލިވަޕޫލުން ވަނީ އެކުވެރިކަމުގެ މެޗެއްގައި ފުރާންސްގެ ލިއޯން އާއި ވާދަކޮށް 3-1 ން ބަލިވެފައެވެ. އަދި ވޯލްޑް ކަޕަށް ފަހު ދެން އެންމެ އަވަހަށް ލިވަޕޫލް ނުކުންނާނީ ޑިސެންބަރު 23 ވަނަ ދުވަހު އިގިރޭސި ލިގުކަޕް ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.