ފަރީޝާ އަދި ސްނައިޕަރު
ހަބަރު
17 Dec 2022 | 11:35
މަރުކޮމިޝަން ފަރީޝާ އަކީ ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި ސްނައިޕަރުގެ ވަކީލު: ޑރ ޖަމީލު

މަރުކޮމިޝަންގައި އިންނަވާ ފަރީޝާ އަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އަވަހާރަކޮށްލުމަށް ލަންކާއިން ގެނައި ސްނައިޕަރުގެ ގާނޫނީ ވަކީލަށްވުމުން، ގޭންގުތަކޭ ކިޔައިގެން ވާހަކަދައްކަން ފަރީޝާ ލަދުގަންނަން ޖެހޭކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ފަރީޝާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި ޑރ ޖަމީލު ވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ލަންކާއިން ގެނައި ސްނައިޕަރާއެކު ފަރީޝާ ހުންނަވަނިކޮށް ފެންނަ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ. 

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނު ގެއްލުވާލި ހާދިސާއާއި ގުޅިގެން މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އެ މަރާއި ރައީސް ޔާމީން އާއި ގުޅުވައި ގިނަ ވާހަކަތަކެއް ވަނީ ހިމަނާފައެވެ. އަދި ރިލްވާނު ގެއްލުވާލި ހާދިސާގެ ބައިވެރިންނާއި ރައީސް ޔާމީންއާއި ގާތް ގުުމެއް އޮންނަކަމަށް ބުނެ، މަރުކޮމިޝަނުން ވަނީ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. 

އެކަންކަމާއި ގުޅުވާ ރައީސް ޔާމީންގެ އިސް ގާނޫނި ވަކީލު ޑރ ޖަމީލު ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި ސްނައިޕަރުގެ ގާނޫނީ ވަކީލު ފަރީޝާ މަރުކޮމިޝަނުގައި އިންނެވުމުން، އެކަމުން ދޭހަވަނީ ކޮންއެއްޗެއްތޯ ސުވާލު ކުރައްވާފައެވެ. 

އޭގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު، ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި ޓެރަރިސްޓަކު މިނިވަންކުރުމުން، ސްނައިޕަރު ގެނައި ހާދިސާ ގުޅުވާލަން މާ ފަސޭހަ ނޫންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

އަދި ރައީސް ސޯލިހު ވެރިކަމަށް އައި ހިސާބުން، ފަރީޝާގެ ކްލައިންޓު މިނިވަން ވުމަކީ އިއްތިފާގެއްތޯވެސް ޑރ ޖަމީލު ސުވާލު އުފައްދަވާފައި ވެއެވެ. 

މަރުކޮމިޝަންގައި އިންނަވާ ރިލްވާނުގެ މަރާއި ރައީސް ޔާމީންއާއި ގުޅުވާ ފަރީޝާއާއި މިސްބާހު ދެކެވނީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ ވާހަކަތާއި ގުޅިގެން މަރުކޮމިޝަނުގެ މެމްބަރުންނަށް އަބުރު ދައުވާ ކުރުމަށްވެސް ރައީސް ޔާމީން ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
ގައްޑާ
މީހެއްގެ ވަކީލަކަށް ހުރުމަކީ އަނެކުން ކޮއްފައި ވާ ކުށުން ސަލާމަތް ކުރުމަށް އޮތް ސަބަބެއްތަ ކިހާ ކަލޭ ތިބުނާ މީހާނައިބު ކަމުން ވަކިކުރި ފެން ކަލޭ ހޭބަލިވެގެންތަ އޭނާގެ ވަކީލަކަށް ތިހުރީ މަރުމޯ
17 Dec 2022
ސްނައިޕަރ
ތިޔަ ބުނާ ސްނައިޕަރ އަކީ އަސް ރައީސް ނަޝީދު އަވަހާރަ ކޮށް ލުމަށް ޕީޕީއެމް އިން މިގައުމަށް ގެނައި މީހެއް...ވައްކަން ކޮށްފައި އަދީބާއި ޒިޔަތު ކުރިން ގުރުބާން ކުރިހެން އޭނާވެސް ވަނީ ގުރުބާންކޮށްލާފައި
17 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.