ދިވެހި ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ .. ފޮޓޯ އެފްއޭއެމް
ކުޅިވަރު
17 Dec 2022 | 21:43
ރޭންކިންގައި ރާއްޖެއަށްވުރެ ފަހަތުގައި އޮތް ސިންގަޕޫރް އަތުން ވެސް ދިވެހިޓީމު ބަލިވެއްޖެ!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގަައި މިއަދު ސިންގަޕޫރު އާއި ވާދަކޮށް 3-1 ން ދިވެހި ރާއްޖެ ބަލިވެއްޖެ އެވެ. މިއީ މި ހަފުތާތެރޭ ރާއްޖެ ޓީމު ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު މެލޭޝިއާ އަތުން ރާއްޖެ ބަލީވީ 3-0 ންނެވެ.

މި މަހު ނެރުނު ފިފާ ރޭންކިންގައި ރާއްޖެއަށް ވުރެ ދެ ދަރަޖަ ފަަހަތުގައި، 160 ވަނާގައި ސިންގަޕޫރް އޮތް އިރު ތިން ދަރަޖައިގެ ވެއްޓުމަކާއެކު މިވަގުތު ފީފާ ރޭންކިންގައި ދިވެހި ރާއްޖެ އޮތީ 150 ވަނާގައެވެ. މިގެ ކުރިން މި ދެޓީމު ދެ ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު ދެ މެޗުން ވެސް މޮޅުވެފައިވަނީ ސިންގަޕޫރެވެ. ފުރަތަމަ މެޗު 2011 ވަނަ އަހަރު ކުޅެވުނު އިރު އެމެޗު ސިންގަޕޫރް ކާމިޔާބު ކުރީ 4-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުންނެވެ. އަދި ދެވަނަ މެޗު 2018 ވަނަ އަހަރު ކުޅެވުނު އިރު ވާދަވެރި ކުޅުމަކަށް ފަހު ދިވެހި ޓީމު ބަލިވީ 3-2 ން ނެވެ.

މިއަދު ސިންގަޕޫރުގައި ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ގައުމީ ޓީމުގެ ކޯޗުގެ ފްރެންޗެސްކޯ މޮރިއޭރޯ ގެނައި އެންމެ ބަދަލެކެވެ. އެއީ މެލޭޝިއާ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު މުހައްމަދު ޝަހާއުގެ ބަދަލުގައި ހަމްޒާ މުހައްމަދު ކުޅެން ނެރުމެވެ.

ސިންގަޕޫރާ ދެކޮޅަށް މިއަދު ނުކުތް ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ --- ފޮޓޯ: އެފްއޭއެމް

މެޗު ފެށިގެން 4 ވަނަ މިނެޓްގައި ސިންގަޕޫރުން ވަނީ ލީޑް ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިލްހާން ފަންޑީ އަހުމެދެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓްގައި ހަމްޒާ ނެގި ކޯނަރު ބޮލުން ގޯލުގެތެރެއަށް ފޮނުވާލައި އިއްބެ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ން ދެޓީމު އެއްވަރުވެންނެވެ.

ލަނޑުޖެހުމަށް ފަހު އިބްރާހިމް މަހުދީ (17) އުފާފާޅު ކުރަނީ: އޭނާ ރާއްޖެ އަށް ލަނޑު ޖަހައިދިނީ ސިންގަޕޫރުން ފުރަތަމަ ލަނޑު ޖަހައިގެން ލީޑް ނަގައިފައިވަނިކޮށް --- ފޮޓޯ: އެފްއޭއެމް

މެޗުގެ ދެވަނަ ހާފުގައި ސިންގަޕޫރުން ވަނީ  ކުޅުން ރަގަޅުކޮށް އިތުރު ދެ ލަނޑު ކާމިޔާބުކޮއްފައެވެ. މި މެޗުގައި އެ ޓީމަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީ ދެވަނަ ހާފުގެ މާގިނައިރުތަކެއް ނުވަނީސް މެޗު 50 ވަނަ މިނެޓްގައި ޝަވާލް އަނައުއާ އެވެ. ސިންގަޕޫރުގެ ތިންވަނަ ގޯލް މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ޝަވާލް އަނައުއާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.