ކްރިމިނަލް ކޯޓު/ ފޮޓޯ: އަވަސް
18 Dec 2022 | 12:18
ޒިޔަދަމްގެ މަރު: 7 އަހަރުފަހުން ސިފާމާއި، ޝަނޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ

2015 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި މަރާލި މައްސަލާގައި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބާއްވާ އެންމެ ފަހު އަޑުއެހުން މިދިޔަ ނޮވެމްބަރު މަހުގައި ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި ވަނީ ހުކުމުގެ ކުރިން ގާޒީ ސާފުކުރައްވަން ބޭނުންވާ ކަންކަންވެސް ސާފުކުރައްވާފަ އެވެ. އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ސާފުކުރައްވަން ބޭނުންފުޅުވި ކަންކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވައިފައެވެ.

އެއަށްފަހު، މިމައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޞީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި، ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި މިމައްސަލާގައި ސިފްހާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފައެވެ.

މިމައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަސްނެގުމެވެ. ޤާޞީ ވަނީ ވާރިސުންގެ މައުލޫމާތު ޝަރީއަތާއި ހިއްސާ ކުރުމަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދައުލަތަށް ދީފައެވެ. މިމައްސަލާގައި އަދަބާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް 10 ދުވަސް ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޒިޔަދަމްގެ މައްސަލައިގައި ހުކުމް ނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެ މައްސަލައިގެ ގާޒީން އެކިފަހަރު މަތިން ބަދަލުވަމުން ދިއުމާއި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.