ފީފާ ކުލަބް ވޯލްޑްކަޕް ޓްރޮފީ
ކުޅިވަރު
18 Dec 2022 | 20:13
އަންނަ އަހަރު މޮރޮކޯގައި ބާއްވާ ކްލަބް ވޯލްޑް ކަޕްގައި މޮރޮކޯގެ ދެ ކުލަބް ފެނިދާނެ!

ދުނިޔޭގެ ބައްރުތަކުގެ ޗެންޕިއަން ކުލަބުތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފިފާ ކުލަބް ވޯލްޑް ކަޕް 01 ފެބުރުއަރީ 2023 ން 11 ފެބްރުއަރީ 2023 ގެ ނިޔަލަށް މޮރޮކޯގައި ބޭއްވުމަށް ފީފާއިން ނިންމައިފިއެވެ.

ޔޫރަޕްގެ ޗެންޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް، ދެކުނު އެމެރިކާ ޗެންޕިއަން ބުރެޒިލްގެ ފްލެމެންގޯ، ކޮންކަކާފް (އުތުރު އެމެރިކާ) ޗެންޕިއަން އެމެރިކާގެ ސިއެޓަލް ސައުންޑާސް، ސީއޭއެފް (އެފްރިކާ) ޗެންޕިއަން މޮރޮކޯގެ ވައިޑާޑް އޭސީ، އޭއެފްސީ (އޭޝިއާ އަދި އޮސްޓްރޭލިއާ) ޗެންޕިއަން ސައުދީ އަރަބިއާގެ އަލް ހިލާލް އެސްއެފްސީ، އޯއެފްސީ (އޯޝެނިއާ) ޗެންޕިއަން ނިއުޒިލެންޑްގެ އޯކްލޭންޑް ސިޓީ އެފްސީގެ އިތުރުން މޮރޮކޯގެ ލީގު ރަނަރަޕް ރާޖާ ކްލަބް އެތުލެޓިކް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް މޮރޮކޯގެ ކަސަބްލާންކާގައި ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވާނެވެ.

ޗެލްސީގެ ކުޅުންތެރިން ކުލަބް ވޯލްޑްކަޕް ޓްރޮފީއާއި އެކު

މޮރޮކޯގެ ކަސަބްލާންކާ ސީޓީގައި 10 ދުވަހުގެ މުއްދަތައް ކުރިއަގެންދާ މުބާރާތުގައި އެފްރިކާގެ ދެޓީމު ފުރުސަތު ލިބެނީ، މޮރޮކޯގެ ކުލަބް ވައިޑާޑުން މިދިޔަ ސީޒަނުގައި އެފްރިކާގެ ޗެމްޕިއަންސް ލީގާއި މޮރޮކޯ ލީގު ވެސް ކާމިޔާބުކޮށްފަ ވާތީއެވެ. މިއާއެކު މުބާރާތް ބާއްވާ ގައުމުގެ ޑޮމެސްޓިކް ޗެމްޕިއަން ޓީމަށް ފީފާ ރިޒާވް ކުރާ ޖާގަ އަލުން ލީގުގެ ރަނަރަޕް ރާޖާއަށް ދިނުމުގެ ފުރުސަތު އޮތީމައެވެ. މި ދެ ޓީމަކީވެސް މުބާރާތް ބާއްވާ ކަސަބްލާންކާ ސިޓީއަށް ނިސްބަތްވާ ދެޓީމެވެ.

އަދި މިއީ ބައްރުތަކުގެ ޗެންޕިއަން ޓީމުތަކުގު މެދުގައި މި މުބާރާތް ކުޅެވޭނެ އެންމެ ފަހު ފަހަރެވެ. ފީފާއިން މިހާރު ނިންމާފައި ވަނީ 2025 ވަނަ އަހަރުން ފެށިގެން ކޮންމެ 3 އަހަރުން އެއް އަހަރު 32 ޓީމު ހިމެނޭހެން ފީފާ ވޯލްޑް ކަޕް ފޯމެޓަށް، ފީފާ ކުލަބް ވޯލްޑް ކަޕް ބޭއްވުމަށެވެ.

ބަޔާން މިއުނިކް ކުޅުންތެރިން ކުލަބް ވޯލްޑްކަޕް ޓްރޮފީއާއި އެކު

މީގެ ކުރިންވެސް ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދެ ފަހެއްގެމަތިން މޮރޮކޯއިން ހޯސްޓްކޮއްފައިވެއެވެ. އެއީ 2013 އަދި 2014 ވަނަ އަހަރުއެވެ. މި ދެ މުބާރާތް ކާމިޔާބުކުރީ ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް އެވެ. 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު 2005 ވަނަ އަހަރު އަލުން މި މުބާރާތް ބާއްވަން ފެއްޓިފަހުން ޔޫރަޕް ނުވަތަ ދެކޮނު އެމެރިކާގެ ކަލަބަކަށް ނޫނީ މި މުބާރާތް ކާމިޔާބުކުރެވިފައި ނެތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.