ވޯލްޑް ކަޕް ޓްރޮފީ އާޖެންޓީނާގެ ކެޕްޓަން މެސީ އުފުލާލަނީ
ކުޅިވަރު
19 Dec 2022 | 00:12
ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓްގައި ލިބުނު ފެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ފުރާންސްގެ ޕެނަލްޓީ އޭރިއާ ތެރެންއިން އެޓީމުގެ ކުޅުންތެރިއަކު ޑީ މާރީއާާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަޓީއެކެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ36 ވަނަ މިނެޓްގައި އެލެކްސިސް މެކް އެލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އޭންހަލް ޑީ މާރީއާ އެވެ. މިހާފުގައި އާޖެންޓިނާގެ ގޯލައް އަމާޒުކޮށް ފުރާންސް ޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ރަގަޅަށް ކުޅެމުން އައީ އާޖެންޓީނާއެވެ. އަދި މެޗުގެ އޮއެވަރު ބަދަލިވެގެން ދިޔައީ ދެވަނަ ހާފުގެ 64 ވަނަ މިނެޓްގައި މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުން އެންމެ ރަގަޅަށް ކުޅެމުންއައި އޭންހަލް ޑީ މާރީއާ ބޭލުމަށްފަހު މާކޯސް އަކޫނާ ކުޅެން އެރުވި ހިސާބުންނެވެ. އޭއެކު ފުރާންސް ޓީމު ކުރިއަޖެހި އާޖެންޓީނާގެ ގޯލަށް ނުރައްކާކުރަންފެށިއެވެ. އަދި މެޗުގެ ފަހުކޮޅު ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އާޖެންޓީނާ ޕްރެޝަރަށް ދުއްވާލިއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއާ ލިއޮނަލް މެސީ / އާޖެންޓީނާ

ފުރާންސްގެ ފުރަތަމަ ލަނޑު ފަހުހާފުގެ 80 ވަނ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިޔަން އެމްބާޕޭ އަދި އޭގެ ދެމިނެޓް ފަހުން 82 ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އެމްބާޕޭ ވަނީ މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ. މިއާއެކު މިރޭގެ މެޗުގެ 90 މިނެޓްނިމި އިތުރަށް ކުޅެވުނު 8 މިނެޓްގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-2 ން ދެޓީމު އެއްވަރުވެގެން ނެވެ.

މެޗުގެ ނަތީއްޖާނެރުމަށް ކުޅެވުނު އިތުރު ވަގުތ 15 މިނެޓްގެެ ދެވަނަ ހާފުގެ ތިން ވަނަ މިނެޓްގައި މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އާޖެންޓީނާއަށް މެޗުގެ ލީޑް ހޯދައިދީފައެވެ. ނަމަވެސް މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް އެމްބާޕޭ ވަނީ ފުރާންސް އަށް ލިބުނު ޕެނަލްޓީއެގައި މި މެޗުގައި އޭނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 3-3 ން ދެޓީމު އެއްވަރު ވެގެންނެވެ.

މުބާރާތުގެ ޓޮޕް ސްކޯރާ އެމްބާޕޭ

މެޗުގެ ނަތީއްޖާނެރުމަށް ފުރާންސް ޓީމުން ޖެހި ފުރަތަމަ ޕެެނަލްޓީ ކިލިޔަން އެމްބާޕޭ ކާމިޔާބުކުރި، ނަމަވެސް އެޓީމުގެ ދެވަނަ ޕެނަލްޓީ  ކޯމަން ފޮނުވާލުމުން  އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއު ކުރި އެވެ. އަދި ތިންވަނަ ޕެނަލްޓީ ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރ ޗުއަމެނީ ފޮނުވާލުމުން ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

އާޖެންޓީނާ ޓީމުން ފުރަތަމަ ޕެނަލްޓީ ލިއޮނަލް މެސީ ކާމިޔާބު ކުރި އިރު އެޓީމުގެ ޕައުލޯ ޑިބާލާ، ލިއަންޑްރޯ ޕެރެޑެސް އަދި ގޮންޒާލޯ މޮންޓިއެލް އެސް ވަނީ އެ ކުޅުންތެރިން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މިއާއެކު މިރޭގެ މެޗުން އާޖެންޓީނާ މޮޅުވީ 4-3 ނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ލިބުނީ މިރޭގެ މެޗުގައި ހެޓްރިހެދި އެމްބާޕޭ އަށެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް މެސީ ހޯދި ދެވަނަ ފަހަރެވެ. އެންމެ މޮޅު ކީއްޕަރަކީ އާޖެންޓީނާގެ ގޯލްކޯއްޕަރު މާޓިނޭޒް އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ އެންޒޯ ފެނާންޑެޒް އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އިގިރޭސި ޤައުމީ ޓީމެވެ.

މިރޭގެ ފައިނަލްގައި އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ 1966 ގެ ފަހުން، ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އިންގްލެންޑްގައި 1966 ގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން 4-2 ން މޮޅުވި މެޗުގައި އިންގްލެންޑްގެ ލެޖެންޑް ޖެފް ހާސްޓް ހެޓްރިކް ހަދާފައެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.