ކްރިމިނަލް ކޯޓު: ފޮޓޯ/ އަވަސް
ހަބަރު
19 Dec 2022 | 15:23
ފުލުހުން މަސްތުވާތަކެތި ކަމަށް ބުނި ތަކެއްޗަކީ ގޮދަން ފުށް ކަމަށް ބުނެފި

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާގެ، ޖީބުގައި އޮތީ ރައްޓެއްސަކަށް ލަނޑެއް ދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށް އޭނާ ބުނެފިއެވެ. 

އައްޑޫ މަރަދޫ އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މި މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދުކޮށްފައެވެ. 

ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައިވާ ގޮތުން، އޭނާ ލައިގެން ހުރި ޖިންސުގެ ވާތް ފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ދިފާއުގައި އޭނާ ބުނީ، ޖީބުން ފެނުނު ޕެކެޓަކީ އޭނާގެ ރައްޓެއްސަކަށް ލަނޑެއް ދިނުމަށް ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.

އަދި އެ މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗެއް ކަަމަށް ޝައްކު ކުރެވޭ އެއްޗެއް ކަމަށް އޭނާ ބުނާތީ މަސްތުވާތަކެއްޗެއް ކަމަށް ޝައްކު ކުރެވޭ ތަކެތި އަވަހަށް ތަހުލީލު ކުރުން މުހިންމު ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމުގެ ހެކި ކޮންމެވެސް މިންވަރަކަށް ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އޭނާ ވަކީލަކާ އެއްކޮށް ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނުމުން، ގާޒީ ސަފްވަތު ހަބީބު ވަނީ ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދިނުމަށް އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.