މެސީ އިތުރުވަގުތުގައި އާޖެންޓީނާގެ ތިންވަނަ ގޯލް ކާމިޔާބުކުރަނީ
ކުޅިވަރު
19 Dec 2022 | 17:36
އާޖެންޓީނާގެ ތިންވަނަ ގޯލް އެއީ ފީފާގެ ޤަވާއިދު ބުނާގޮތުން ރަގަޅު ގޯލެއް ނޫން

ރޭކުޅެވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީގެ ފަރާތުން ފްރާންސް ޓިމާއި ދެކޮޅަށް ގިނަ ނިންމުންތަކެއް ނިންމިކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ.

މިއާއެކު ރޭގެ މެޗުގައި އާޖެންޓީނާ އިން އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިކާބިކުރި އެޓީމުގެ ތިން ވަނަ ގޯލާ މެދުވަނީ ފުރާންސްގެ މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މެސީ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލުމުގެ ކުރިން އާޖެންޓީނާގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ތެރެއިން ދެކުލުންތެރިއަކު ދަނޑުމަތީގައި ތިބި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނައިރު، މެޗުގެ ރެފްރީ އަދި ވީއޭއާރު ޓީމުންވެސްއެކަމަށް ސަމާލުކަމެއް ދިންތަނެއް ނުފެނެއެވެ.

ރޭގެ މެޗުގައި މެސީޖެހި ދެވަނަ ގޯލާއި ބެހޭގޮތުން ފުރާންސްގެ މީޑީއާތަކުން ނުރުހުން ފާޅުކުރަަމުން އަންނައިރު ފުރާންސްގެ ސަޕޯޓަރުން ގަބޫލްކުރަނީ ރޭގެ މެޗަކީ ނަތީއްޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހޭ މެޗެއް ނޫން ކަމަށެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ މެޗުގެ 118 ވަނަ މިނެޓްގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑާއި އެކު 3-2 ން މެޗު ނިމެންޖެހޭނެކަމަށެވެ.

ބޯޅަ ގޯލައް ވަނުމުގެ ކުރިން އާޖެންޓީނާގެ އިތުރު ދެ ކުޅުންތެރިން ދަނޑު މަތީގައި

"ލޯ އޮފް ފުޓްބޯލް" ގެ ތިން ވަނަ އަދަދުގެ ނުވަވަނަ ޕެރެގްރާފްގައި ބުނެފައި އޮންނަނީ ލަނޑެއް ޖަހާއިރު ލަނޑު ޖެހި ޓީމްގެ ބަދަލު ކޮށްފައިވާ ކުޅުންތެރިޔަކު، ނުވަތަ ބަދަލު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ދަނޑުގައި ހުރިނަމަ އެލަނޑެއް އެއީ ލަނޑެއް ކަމަށް ބަލައިގަނެނެގެން ނުވާނެ ކަމަށެވެ. އަދި ކުޅުން ދެން ފަށަން ޖެހޭނީ ދަނޑަށް އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު އެރި ތަނަކުން އިދިކޮޅު ޓީމަށް ހިލޭ ޖެހުމެއް ދީގެން ކަމަށް ވެސް އެމާއްދާގައި ބުނެފައި އޮވެއެވެ.

ސެމީ ފައިނަލްގައި މެސީ ގަސްތުގައި ބޯޅައިގައި އަތްލަނީ 

މީގެ އިތުރުން ވެސް ރޭގެ މެޗުގައި ފުރާންސް ޓީމަށް ލިބުނު ފުރަތަމަ ޕެނަލްޓީގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ލާސްޓް ޑިފެންޑަރ ފުރާންސްގެ ކުޅުންތެރިއަށް ފައުލްކޮށް ވައްޓާލުމުން ރެފްރީ ޕެނަލްޓީ ދިންއިރު އާޖެންޓީނާގެ ކުޅުންތެރިއާއަށް ރަތް ކާޑެއް ނުދެއްކިތާގައި ރީނދޫ ކާޑެއްވެސް ދައްކާފައި ނުވާތީ ފުރާންސްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރެފެރީގެ ފަރާތުން މި މެޗުގައި ނޫނަސް މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގިނަ ނިންމުންތަކެއް އާޖެންޓީނާ އާއި އެކޮޅަށް ނިންމާކަމަށް ބުނެ އެހެން ޓީމުތަކުގެ ކުޅުންތެރިން ނާއި ސަޕޯޓަރުން ވެސް މީގެ ކުރިން މީޑިއާގައި އެކިފަހަރު މަތިން ޝަކުވާކޮއްފައިވެއެވެ. 

މީގެ އިތުރުން ސެމީ ފައިނަލް މެޗުގައި ނެދަލޭންޑްސް ކުޅުންތެރިއަކު މެސީކައިތިން ބޯޅަ ނައްޓާލަުމުން މެސީ ގަސްތުގައި ބޯޅައިގައި އަތްލިއެވެ. ނަމަވެސް މެޗުގެ ރެފްރީ މެސީއަށް ކާޑެއް ނުދައްކައެވެ. އަދި ހަމައެމެޗުގައި އާޖެންޓީނާގެ ލިއަންޑްރޯ ޕެރެޑެސް އަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް ނެދަލޭންޑްސްގެ ބެންޗާއި ދިމާއަށް ކުޅުމުން ބޭރުގައި ބޯޅަ ޖެހުމުން ވެސް ރެފްރީ އެކުޅުންތެރިއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ނުދައްކައެވެ. އަދި މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް މެސީގެ މިއަމަލާއި މެދު ފީފާއިން ފިޔަވަޅެއް އަޅާފައި ނުވާއިރު މެޗުގެ ރެފްރީއާއި މެދު ފީފާއިން ފިޔަވަޅުއެލިކަން މީޑިއާތަކުން ރިޕޯޓްކޮއްފައި ވެއެވެ.

ސެމީ ފައިނަލް މެޗުގައި މެސީ ރެފްރީއަށް އިންޒާރުދެނީ، މެޗަށް ފަހު ފީފާއިން ވަނީ ރެފްރީއާއިމެދު ފިޔަވަޅު އަޅާފައެވެ.

މުބާރާތުގެ ކޮންމެ މެޗެއްގައި އާޖެންޓީނާއަށް މެޗުގެ އޮއިވަރު ބަދަލުކޮށްލުމަށް ޕެނާޓީލިބެނީ ހަމަ އިއްތިފާގަކުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ކޮންމެ އަކަސް މުބާރާތް ނިމިއްޖެއެވެ. ޗެންޕިއަން ޓީމަކީ އާޖެންޓީނާއެވެ. ނަމަވެސް މިއީ އިންސާފުވެރި ވޯލްޑްކަޕެކޭ ބުނެވިދާނެތޯއެވެ. ވީއޭއާރު އައީ އެހެނިހެން ޓެކްނޮލެޖީ އެންމެ ރަގަޅު ގޮތުގައި ބޭނުން ހިފުނުތޯ މީއީ މިވަގިތު އެންމެ ގިނަބަޔަކު ކުރަމުންއަންނަ އެއް ސުވާލެވެ. މަރަޑޯނާ އަތުން ގޯލުޖަހައިގެން ވޯލްޑްކަޕް ތަށި ހޯދި ފަހަރު ރެފްރީއަށް ނުފެނުނީއޭ ބުނެވިދާނެއެވެ. ނަމަވެސް މިފަހަރު މިހިންގައިދިޔަ ކަންތައްތަކަށް ފީފާއިން ދޭނީ ކޮންޖަވާބެއްތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.