ބެންޒިމާ ބެލެން ޑޯ އެވޯޑާއެކު
ކުޅިވަރު
19 Dec 2022 | 20:22
ބެންޒިމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި!

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވިތާ އެއް ދުވަސް ފަހުން ފްރާންސްގެ ސްޓާރ ޕްލެޔަރ ކަރީމް ބެންޒިމާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާނުކޮށްފި އެވެ.

ބެންޒެމާއަށް ގަތަރުގައި އޮތް ވޯލްޑް ކަޕް ނުކުޅެވުނީ މުބާރާތުގެ ކުރިން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ބެންޒެމާ ދާދި ދެންމެ އަކު ކުރި ޓުވީޓެއްގައި ބުނީ މިއަދު އޭނާ މިއަދު ހުރި ހިސާބަށް ދިއުމަށް ޓަކައި ކުރި މަސައްކަތަކުގެ ތެރެއިން މިސްޓޭކްތައްވެސް ހެނދުނު ކަމަށާއި ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ކަމަށާއި އެހުރިހާ ކަމަކަށްވެސް އޭނާ ފަޚުރުވެރިވާ ކަމަށެވެ. އަދި މިއީ އޭނާގެ ވާހަކައިގެ ނިމުން ކަން އޭނާ ވަނީ ޓުވީޓުގައި ބުނެފައެވެ.

މިއާއި އެކު އޭނާ ފްރާންސްގެ ގައުމީ ޓީމުން ރަސްމީކޮށް ރިޓައާކުރިކަން ބޭރުގެ މީޑިއާތަކުން ވެސް އަންނަނީ މިހާރު ރިޕޯޓްކުރަމުންނެވެ.

ރިޓައާ ކުރާކަން ބެންޒެމާ އިއުލާނުކުރި އިރު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 97 މެޗު ކުޅެދީފައެވެ.، ފްރާންސްގެ ޤައުމީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް މިހާރުގެ ރެއާލް މެޑްރިޑް ކެޕްޓަން އެވެ. އޭނާ ވަނީ ފުރާންސް ޤައުމީ ޓީމަށް 37 ލަނޑު ކާމިޔާބުކޮށްދިީފައެވެ.

މީގެ އިތުރުން ބެންޒެމާ ވަނީ މިދިޔަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ކަމަށްވާ ބެލޮން ޑޯ ވެސް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.