ޗެންޕިއަންސް ލީގު ފައިނަލްގައި ޑިއާޒް ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
20 Dec 2022 | 08:38
ލުއިސް ޑިއާޒްގެ ކަކުލަށް އަނިޔާވެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުޅެވޭނެ!

މިއަހަރުގެ ޖެނުއަރީމަހު ޕޯޯޓޯއިން 45 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ލިވަޕޫލަށް ބަދަލުވި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި އޭނާއަށް އެބުރި ކުޅުމުގެތެރެއަށް އައުމަށް މަދުވެގެން ތިން މަސް ދުވަސް ބޭނުންވާނެކަމަށް ލިވަޕޫލްގެ ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ދެމަހެންހާ ދުވަހު ހުރުމަށްފަހު ޓީމުގެ ފަރިތަކުރުންތަކުގައި ޑިއާޒް ބައިވެރިވާން ފެށީ ވެސް ވަރަށް ފަހުންނެވެ. ނަމަވެސް ދުބާއީގައި ލިވަޕޫލުން ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕްގައި އަނެއްކާވެސް ކުރިންް އަނިޔާވި ކަކުލަށް މިވަނީ އަނިޔާވެ ތިން މަހަށް ކުޅުމާއި ދުރަށްދާން މަޖުބޫރުވެފައެވެ. މިއާއެކު ޗެންޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ލުއިސް ޑިއާޒަށް ދަނޑުމަތީގައި ފަރުވާ ދެނީ، އަނިޔާގެ ސަބަބުން ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑައި ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުން ކުޅުނު ދެ ޓީމު މުބަރާތުގެ ދެވަނަބުރުގެ ފުރަތަމަ ލެގު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން، މާޗް މަހުގެ 15 ވަނަ ދުވަހު މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއުގައެވެ.

ޑިއާޒް ލިވަޕޫލް އާއި ގުޅުނު ފަހުން އެޓީމަށް ކުޅެދިން 38 މެޗުގައި 10 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، މި ވަގުތު އަނިޔާއާއި ފޯމުގެ މައްސަލަ ދިމާވެފައިވާ ލިވަޕޫލުގެ ފޯވާޑް ލައިނުގައި ޑިއާޒް ނެތުމަކީ މިވަގުތު ޕްރެމިއަރ ލިގް ތާވަލުގެ ހަ ވަނާގައި އޮތް ލިވަޕޫލަށް އަންނަ ސީޒަނުގައި ޗެންޕިއަންސް ލިގުން ޖާގައެއް ހޯދުމަށް އެޓީމުން ކުރަމުން އަންނަ މަސައްކަތަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.