ކ.އަތޮޅަށް ކުރާ ދަތުރު ފެށުމުގެ ކުރިން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
20 Dec 2022 | 09:52
މި ސަރުކާރުގެ ބޭނުމަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ސިޔާސީ މައިދާނުން ގެއްލުވާލުން ކަމަށް އިދިކޮޅުން ބުނެފިއެވެ. 

އިދިކޮޅުން ފަށާފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ކ. އަތޮޅަށް ކުރާ ދަތުރު ފަށަމުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު ގެ މި ދަތުރަކީ އަދުގެ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ހާލު ހާމަކޮށްދެއްވުމަށް ކުރާ ދަތުރެއް ކަމަށެވެ. 

"ތަކެތީގެ އަގު ބޮޑު ވެއްޖެ. ގައުމު އަނެއްހެން ދަންނަވާލާނަމަ، މަގުމަތީގައި އަޅުގަނޑުމެންނަށް އިވޭ ބަހުންނަމަ " ދަވާލައިފި". ރައްޔިތުން ފެލާލައިފި. އެހެންވީމާ ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން މިދަނީ މި ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ހާލަތު ބުނެދޭންވެގެން." ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން، އަދުގެ ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް އިދިކޮޅުން ރާވާފައިވާ ކަންކަމާއި، އިދިކޮޅުގެ ކެންޑިޑޭޓް ރައްޔިތުންނަށްޓަކައި ކުރުމަށް ރާވަވާފައިވާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުންވެސް މި ދަތުރުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

މިއާއެކު ޝިޔާމްވަނީ އަދުގެ ސަރުކާރުން ރައީސް ޔާމީން އެއް އިދާރާއިން އަނެއް އިދާރާއަށް ދުއްވައި، އެމަނިކުފާނު ސިޔާސީ މައިދާނުން ގެއްލުވާލުމަށް މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވެފައެވެ. 

"ރައީސް ޔާމީން މި ހުންނެވީ އެއްވެސް ދިމާލަކަށް ވަޑައިނުގެންނެވޭ ހާލަތެއްގައި. އެނގިވަޑައިގަންނަވާނެ ދެއިރު ދެ ދަޅައަށް ކަހަލަ ގޮތަކަށް ކޮންމެވެސް މުއައްސަސާއަކަށް އެމަނިކުފާނު އެބަ ހާޒިރުކުރޭ. މިސަރުކާރު ވެރިކަމަށް އައިއްސުރެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ އެންމެ ބޮޑު މަގުސަދަކަށްވީ، އެމަނިކުފާނު 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި އެމަނުކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމެއް ނޫން. ރައީސް ޔާމީން ސިޔާސީ ގޮތުން، ސިޔާސީ މައިދާނުން ގެއްލުވާލުން. މައިގަނޑު މަގުސަދަކީ. އަދި އެގޮތަށް މަސައްކަތް ވެސް ކުރަނީ." ޝިޔާމް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވީ، އަދުގެ ސަރުކާރަށް ލިބޭހާ ފައިސާއެއްވެސް ހޭދަކުރަމުން ދަނީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުމުގެ މަސައްކަތަށް ކަމަށާ، އެކަން ކުރުމަށްޓަކައި ރައީސް ޞާލިހަށް ތާއިދުކުރައްވާ އެންމެނަށް އެމަނުކުފާނު އަންނަނީ ވަޒީފާ ދެމުންކަމަށެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޮޑު މަޝްރޫއެއް ނުހިންގާ ނަމަވެސް ދައުލަތް އެއްކޮށް ފެލާލާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެހެން ކަމުން، ކ އަތޮޅުގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގެ ހާލަތު ބަދަލު ކުރާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް، ޝިޔާމް ވަނީ މިމަހު 23 ވަނަ ދުވަހުގެރޭ 8:30 ގައި ކާނިވަލް ސަރަހައްދުގައި އިދިކޮޅުން ބާއްވާ ފެލާލައިފި ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.