އިދިކޮޅުގެ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Dec 2022 | 09:50
ފޮރިން މިނިސްޓަރު ޝާހިދުގެ އިސްތިއުފާއަށް ގޮވާ ގެކޮޅު ކުރިމަތީ އިދިކޮޅުން މުޒާހަރާކޮށްފި

ފޮރިން މިނިސްޓަރު ޝާހިދުގެ ގެކޮޅު ކުރިމައްޗަށް އެއްވެ، އޭނާގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅުން މުޒާހަރާކޮށްފިއެވެ. 

ރޭ އިދިކޮޅުން މި މުޒާހަރާ ފަށާފައިވަނީ 9:00 ހާއިރުގައެވެ. އިދިކޮޅުގެ މުޒާހަރާ ފެށިއިރުވެސް އެ ސަހަރައްދުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި މުޒާހަރާ ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާ މުޒާހަރާ ރޫޅާލާފައެވެ. 

މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުވެސް ކޮށްފައިވެ އެވެ. އެހެން ނަމަވެސް، ރޭގެ ވަގުތެއްގައި ހައްޔަރު ކުރި މީހާ ވަނީ ދޫކޮށްލާފައެވެ. 

އިދިކޮޅުން ރޭ ޝާހިދުގެ އިސްތިއުފާއަށް ގޮވާލާ އޭނާގެ ގެކޮޅު ކައިރިއަށް އެއްވީ، ޝާހިދަކީ މި ސަރުކާރުން ހިންގާ ޖަރީމާތަކުގައި ފުރިހަމަޔަށް ބައިވެރިވާ ވަޒީރަކަށް ވާތީކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި ޝާހިދަކީ މި ސަރުކާރުގެ ތެރެއިން ނުހައްގުން އެންމެ ގިނަ މާލީ މަންފާ ހޯދާ އެއް ވަޒީރުކަންވެސް އިހުތިޖާޖުގެ ބައިވެރިން ފާހަގަކުރިއެވެ. 

ޝާހިދުގެ އިސްތިއުފާއަށް އިދިކޮޅުން ގޮވާލާފައިވާއިރު، ރޭގެ މުޒާހަރާގައި އިދިކޮޅުން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. 

މުޒާހަރާއަށް ޖާގަ ނުދީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައި ވީ ނަމަވެސް، ސިލްސިލާގޮތެއްގައި މިފަދަ މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.