ީޕީއެސްއެމްގެ އެމްޑީ ޚާލިދު
ހަބަރު
20 Dec 2022 | 11:10
އިދިކޮޅާއި ބައްދަލުނުކުރަން ވަލުދޮރާއްޓަކުން ނުފިލަން: އަލީ ޚާލިދު

އިދިކޮޅުގެ ލީޑަރޝިޕާއި ބައްދަލުނުކުރަން ވަލު ދޮރާށީން ފިލައިގެން ނުދާކަމަށް ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ހިނގަމުންދާ ޖަރީމާތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޕީއެސްއެމްގެ އިސްވެރިންނާއި ހިއްސާކުރުމަށް އިދިކޮޅުގެ ލީޑަރޝިޕުން ވަނީ މީގެ ދެ ދުވަސް ކުރިން ޕީއެސްއެމްގެ މައި އޮފީހަށް ވަޑައިގެންފައެވެ. 

އެހެން ނަމަވެސް އެ ދުވަހު ޕީއެސްއެމްގެ ބޭފުޅަކާއި ބައްދަލުވެފައެއް ނުވެއެވެ. އެ ދުވަހު ޕީއެސްއަށް ވަޑައިގަތުމަށްފަހު މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުން ޕީއެސްއެމް އޮފީހަށް ވަޑައިގަތްއިރު، އެތަނުގައި ޕީއެސްއެމްގެ އެމްޑީ ހުންނެވިކަމަށެވެ. 

އެހެން ނަމަވެސް، އެބޭފުޅުންނާއި ބައްދަލުނުކުރައްވަން އެމްޑީ ވަލުދޮރޯށިން ނިކުމެގެން ވަޑައިގެންނެވީކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އިދިކޮޅުގެ އެ ތުހުމަތުތަށް އެފަހުން ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު ވަނީ ދޮގުކުރައްވާފަ އެވެ. 

އެގޮތުން ޚާލިދު ވިދާޅުވީ، އިދިކޮޅުގެ ލީޑަރޝިޕާއި ބައްދަލު ނުކުރަން ވަލުދޮރޯށިން ވަޑައިނުގަންނަވާކަމަށެވެ. ނިކުމެ ވަޑައިގަތީ މައި ދޮރޯށިން ކަމަށާއި، އެތަން އިދިކޮޅުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް ޚާލިދު ވިދާޅުވިއެވެ. 

ޚާލިދު ވިދާޅުވީ، އެދުވަހު ޕީއެސްއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވަން ވަޑައިގެން ވަފުދުގައި ކުރީގެ ދެ މިނިސްޓަރުން ތިއްބެވިކަމަށެވެ. އެފަދަ ބައްދަލުވުމަކަށް ވަޑައިގަތުމުގެ ކުރިން އިޝާރާތްކޮށްލުމަކީ ވެސް އޮތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އިދިކޮޅުގެ ލީޑަރޝިޕާއި ބައްދަލުނުކުރަން އެތަނުން ވަޑައިގެންނެވީކަމަށް ވިދާޅުވި ނަމަވެސް، އެދުވަހު ޕީއެސްއެމްގެ އެމްޑީ ވަޑައިގެންނެވީ މީޓިންއަކަށް ކަމަށް އެފަހުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.