ކުރީގެ ހެލްތް މިނިސްޓަރު އަދި ޕީޕީއެމްގެ ސެނެޓަރ އަބްދުﷲ ނާޒިމް-- ފޮޓޯ/ޕީޕީއެމް
ހަބަރު
21 Dec 2022 | 21:58
ހެޔޮ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން އެކަނި: ނާޒިމް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސް ދީ، ވައުދުތައް ފުއްދައި މެނިފެސްޓޯ ފުރިހަމަ ކުރެއްވި ވެރިއަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް، ކުރީގެ ހެލްތް މިނިސްޓަރު އަދި ޕީޕީއެމްގެ ސެނެޓަރ ނާޒިމް ވިދާޅުވެއްޖެ އެވެ.

ރޭގެ ބޭއްވި ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ރާއްޖޭގައި މި އޮތް ސަރުކާރަކީ އޮތް ކަމަށް ބުނި ނަމަވެސް ނެތް ސަރުކާރެއް ކަމަށެވެ. އެހެނީ ސަރުކާރެއްގައި ހުންނަން ޖެހޭ ވަރަށް ގިނަ އަސާސީ ސިފަތައް މި ސަރުކާރުގައި ނެތް ކަމަށާ، އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައިވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފެއިލްވެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކޯލިޝަންގައި ތިބެގެން މިސަރުކާރުވަންތަ ނެތް ސަރުކާރުގައި ތިބި ކޮންމެ ލީޑަރަކީ މިގައުމަށް ހިޔާނާތްތެރިވަމުންދާ ވަގެއް މިއަދު ގައުމުގެ ދިފާއުގައި ރައްޔިތުންގެ ހައްގުގައި ސަރުކާރެއް ހަމަ މަގަށް އެޅުވުމުގައި ސަރުކާރުވަންތަކަން ގެއްލިފައިވާ ސަރުކާރެއް ހަމައަކަށް އެޅުވުމުގައި ހަމައެކަނި މަސައްކަތް ކޮށްފައިވާ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރުގައި ރައީސް ޔާމީންގ ޒައާމަތުގައި." ނާޒިމް ވިދާޅުވިއެވެ.

މިއާއެކު، ނާޒިމް ވިދާޅުވީ ކޮންމެ ވެރިއެއް ވެސް ވެރިކަމަށް އަންނަނީ، ވައުދުތަކެއް ވެ މެނިފެސްޓޯއެއްގެ ދަށުންކަމަށެވެ. އެގޮތުން މި މެނިފެސްޓޯތަކުގެ ދަށުން ވެރިކަމަށް އަންނަ މީހުން އަމަލު ކުރާ ތިން އުސޫލެއް އޮންނަކަމަށާއި އެއީ ވައުދު ވެ ވައުދު ފުއްދުމާއި ވާ ވައުދުތައް މަތިން ހަނދާން ނެތޭ ވެރިން ކަމަށެވެ. އަދި ސަރުކާރުގެ ސަރުކާރު ވަންތަކަމުގެ ސިފަތައް ގެއްލިދާ ވެރިން ތިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސް ދީ، ވައުދުތައް ފުއްދައި މެނިފެސްޓޯ ފުރިހަމަ ކުރެއްވި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށް ވީ ރައްޔިތުންނަށް ތަނަވަސް ހެޔޮ ދިރިއުޅުމެއް ހޯދައިދޭންކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމާއި އަދި މި ސަރުކަާރުން ކަން ކުރަމުން ދަނީ ވީ ވައުދު ތަކާއި ދިމާ އިދިކޮޅަށް ކަން ފާހަގަކުރައްވައި ނާޒިމް ވަނީ މި ސަރުކާރުން ވީ ވައުދާއި، ކަން ކުރަމުން އަންނަ ގޮތާއި އަޅައި ކިޔާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ، މި ސަރުކާރުން ވައުދުވީ ދަރަނި ކުޑަކުރަން ކަމަށާއި ނަމަވެސް މިހާރު ދައުލަތުގެ ދަރަނި 100 ބިލިއަނަށް ވުރެ ބޮޑުވެފައިވާ ކަަމަށް ނާޒިމް ވިދާޅުވިއެވެ. ދަރަނީގެ 50 އިންސައްތަ ނުވަތަ 50 ބިލިއަނަށް ވުރެ ބޮޑު އަދަދަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރު މިއަދު އޮތީ ސަރުކާރު މެނޭޖްކުރަން ނުކުޅެދިފައި ކަމަށެވެ. ވެރިމީހާގެ އާރެއް ބާރެއް ނެތް ކަމަށާއި ވަޒީރުންނާއި މުއައްސަސާތަކުން އަމަލު ކުރަމުން ދަނީ އެބަޔަކު ބޭނުން ގޮތަކަށް ކަމަށެވެ.

ކޮމެންޓް
އިއްބެ
100އިންޖީނުގެއަޅާ ހުރުހައިރަށެއްގައި ފެނާނަރުދަމާއަޅައިދީ އެތައްކުލާސްރޫމަކާއި100އެތައްބަނދަރެއްހަދައިދެއްވީމިސަރުކާރުން ދެންހެޔޮވެރިކަމަކީކޮބާ
21 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.