މެޗަށް ފަހު މާޓީނޭޒް އެމްބާޕޭއަށް ހިތްވަރުދެނީ އަދި ޗޭންޖިންރޫމުގައި އެމްބާޕޭއަށް މަލާމާތްކުރަނީ
ކުޅިވަރު
22 Dec 2022 | 02:56
އާޖެންޓީނާގެ ކުޅުުންތެރިންގެ ފަރާތުން އެމްބާޕޭއަށް މަލާމާތާއި ފުރައްސާރަ

ވޯލްޑް ކަޕް ތަށި ލިބުމުގެ އުފާ އާޖެންޓިނާގެ ކުޅުންތެރިން ފާހަގަ ކުރަމުންދާއިރު އެޓީމުގެ ބައެއް ކުޅުންތެރިން ނާއި ސަޕޯޓަރުންގެ ފަރާތުން ފުރާންސްގެ ތަރި އެމްބާޕޭއަށް މަލާމާތްކޮށް ފުރައްސާރަކުރަމުން ދާއިރު އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެކަންހުއްޓުވަން މަސައްކަތް ނުކުރާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ވެސް އާޖެންޓީނާގެ ކީއްޕަރު މާޓީނޭޒް އާއި ދެމެދު ބަހުގެ ހަަމަލާތަކެއް ބަދަލުކުރެވުނެވެ. ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދަށްކަމުން އެމްބާޕޭ ބުނީ ދެކޮނު އެމެރިކާގެ ފުޓްބޯޅައަށް ވުރެ މިހާރު ޔޫރަޕްގެ ފުޓްބޯޅަ ކުރިއަރާފައި ވާކަމަށާއި އޭގެ ނަތީއްޖާ ފާއިތުވެދިޔަ ވިހިި އަހަރުތެރޭގައި ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކުން ނެރެމުން އަންނަ ނަތީޖާތަކުން ފެންނަކަށެވެ.

މެޗަށް ފަހު މާޓީނޭޒް އެމްބާޕޭއަށް ހިތްވަރުދެނީ

އަދި އޭގެ ސަބަބަކީ ދެކޮނު އެމެރިކާގެ ވަރުގަދަ ދެ ބާރު އާޖެންޓީނާ އަދި ބުރެޒިލްއަށް ވާދަވެރި މެޗުތައް ކުޅެންލިބޭލެއް މަދުވުން ކަމަށާއި ނަމަވެސް ޔޫރަޕުގެ ބޮޑެތި ބާރުތަކަށް ޔުއެފާ ނެޝަނަލް ލީގުގެ ސަބަބުން ވާދަވެރި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ.

އެމްބާޕޭގެ ވާހަކަތަކަށް ރައްދުދެމުން އަޖެންޓީނާގެ ކީއްޕަރު މާޓީނޭޒް ބުނީ އެމްބާޕޭއަށް އެސަރަހައްދުގެ ފުޓްބޯޅަ ނޭގެނީކަމަށެވެ. އަދި ފައިނަލް މެޗުގައި ފުރާންސްގެ ކުޅުންތެރިއަކަށް އޭނާ ދިރިހުއްޓާ ގޯލެއްޖެހިޔަކަނުދޭނެކަމަށް ބުނެ ފުރާންސްގެ ކުޅުންތެރިންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އޭނާގެ ފަރާތުން ވަނީ އަމާޒުކުރުވާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި އެމްބާޕޭ ތިން ލަނޑުޖަހައި ހެޓްރިކްހެދިއެވެ. އަދި ޕެނަލްޓީ ޝޫޓްގައިވެސް އޭނާގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނަަމަވެސް ނަތީއްޖާ ހޯދަންޖެހި ޕެނަޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް އާޖެންޓީނާ ތަށި ހޯދިއެވެ. 

ފައިނަލް މެޗަށްފަހު ދަނޑުމަތީގައި މާޔޫސްވެފައި އިން އެމްބާޕޭއަށް މާޓީނޭޒް، ހިތްްވަރުދޭ މަންޒަރު ފެނުމުން ދެކުޅުންތެރިންގެ މެދުގައި މެޗުގެ ކުރިން ބަދަލުކުރެވުނު ބަހުގެ ހަމަލާތަކަށް ނިމުމެއްއައީކަމަށް ހީކުރެވުނެވެ. ނަމަވެސް އާޖެންޓީނާގެ ކުޅުންތެރިން ޗެންޖިންރޫމުގައި އުފާފާުކުރަމުން ދިޔަވަގުތު އަނެއްކާވެސް މާޓީނޭޒް އެމްބާޕޭއަށް މަލާމާތްކުރުމުގެ ގޮތުން ހިމޭން ސްކޫތެއް ގެނައުމަށް އޭނާގެ ޓީމުގެ ފަރާތުން އެދުނެވެ. އަދި މިހިމޭން ސްކޫތްގައި އެޓީމުގެ ކެޕްޓަން މެސީ ވެސް ބައިވެރިވާތަން ފެނެއެވެ.

ޗެންޖިންރޫމުގައި ހިގައިދިޔަ ކަންތައްތަކަށް ފަހު އާޖެންްޓީނާގެ ކުޅުންތެރިން އެބުރި ގައުމަށްދިޔައިރު އެގަުމުގެ ސަޕޯޓަރުން މަގުމަތީގައި އެމްބާޕޭގެ ބުދުތައްހަދައި އޭގައި އަލިފާންރޯކޮށް އުފާފާޅުކުރަނީއެވެ. އަދި އާޖެންޓީނާގެ ކުޅުންތެރިން ސަޕޯޓަރުންނާއި ބައްދަލުކުރަން ބަހުގައި ދިޔަ މަގުމަތީ އެޓީމުގެ ގޯލްކީއްޕަރު ހުރީ ކުޑަކުދިން ކުޅެން ގެންގުޅޭ ޑޯލްއެއްގައި އެމްބާޕޭގެ ފޭސް މާސްކެއް އަޅުވައި އެބުދު އުރާލައިގެންނެވެ. އެވަގުތު މެސީ އޭނާގެ ކައިރީ ހުރިނަމަވެސް މާޓީނޭޒް ހުއްޓުވަން އެއްވެސް މަސައްކަތެއްކުރާތަނެއް ނުފެނެއެވެ.

މެސީ އަކީ އެމްބާޕޭއާއި އެކު ފުރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކުޅުންތެރިއަކަށްވެފައި އާޖެންޓީނާގެ ކެޕްޓަންގެ ހައިސިއްޔަތުން އެޓީމުގެ ކުޅުންތެރިން އިދިކޮޅު ވަކި ކުޅުންތެރިއަކަށް ޓާގެޓްކޮށް މަލާމާތާއި ފުރައްސާރަކުރަމުންދާއިރު އެކަން ނުހުއްޓުވުމުން ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
މޫސާ
މެސީއަކީ ވެސް ގަޅި ގޮލައެއް ހައްސަ ކޮއް މޮޅުވެ ތަށި ލިބުނީމާ އޭނަ އާއި އެ ބައިގަނޑު އެތިބީސައިކޯވެފަ
22 Dec 2022
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.