ރަޝްފޯޑް، ފްރެޑް، ލޫކް ޝޯ އަދި ޑަލޮޓް
ކުޅިވަރު
22 Dec 2022 | 04:44
ރަޝްފޯޑް، ފްރެޑް، ލޫކް ޝޯ އަދި ޑަލޮޓް ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފި

މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ މުހިންމު ހަތަރު ކުޅުންތެރިއެއް ކަމަށްވާ ޕޯޗުގަލް ޑިފެންޑަރ ޑަލޮޓް، އިގިރޭސި ޑިފެންޑަރ ލޫކް ޝޯ، އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަދި ބުރެޒިލްގެ މިޑްފީލްޑަރ ފްރެޑްގެ ކޮންޓްރެކްޓް އިތުރު އަހަރަކަށް އިތުރުކޮށްފިއެވެ.

އިގިރޭސި ޤައުމީ ޓީމު ފޯވާޑް މާކަސް ރަޝްފޯޑް މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 322 މެޗު ކުޅެ، 101 ލަނޑު ކާމިޔާބުކޮށް، ޔުނައިޓެޑަށް 60 އެސިސްޓް ކޮށްދީފަ އެވެ. މި ސީޒަނުގައި މެންޗެސްޓަރ ޔުނަޓެޑްގެ ޓޮޕް ސްކޯރާ ވަނީ ކުޅުނު 20 މެޗުގައި 09 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ރަޝްފޯޑް

ޑިއޯގޯ ޑަލޮޓް ޕޯޓޯއިން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2018 ވަނަ އަހަރު 22 މިލިއަން ޔޫރޯ އަށެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅުމަށް ފަހު މިސީޒަންގައި ޔުނައިޓެޑްގެ ޓީމުގައި ހިމެނި އޭނާ އަންނަނީ ރަގަލު ކުޅުމެއް ދަށްކަމުންނެވެ. އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެދިން 85 މެޗުގައި އެޓީމަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.

ޑަލޮޓް

މެންޗެސްޓާ ޔުނައިޓެޑުން 2018 ވަނަ އަހަރު ޔުކުރެއިންގެ ޝަޚްތަރު ޑޮނެސްކް އިން ފްރެޑް ސޮއި ހޯދީ 59 މިލިއަން ޔޫރޯ އަށެވެ. އުމުރުން 28 އަހަރުގެ ބްރެޒިލް މިޑްފީލްޑަރު ވަނީ ޔުނައިޓެޑަށް ކުޅެދިން 173 މެޗުގައި ނުވަ ގޯލް ކާމިޔާބުކޮށްދީފައެވެ.

ފްރެޑް

ލޫކް ޝޯ ސައުތުހެމްޓަން އިން މެންޗެސްޓަރ ޔުނައިޓެޑް އާއި ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭނާގެ ހިދުމަތަށް ޔުނައިޓެޑުން ވަނީ 37.5 މިލިއަން ޔޫރޯ ދީފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޔުނައިޓެޑްގެ ޖާޒީގައި 228 މެޗު ކުޅެ، އެޓީމަށް ތިން ގޯލު ޖަހައިދީފައެވެ.

ލޫކް ޝޯ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.