ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Dec 2022 | 21:04
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މިއަހަރު 170 އަށްވުރެ ގިނަ ހަރަކާތް ކުރިއަށް ގެންދެވިއްޖެ: މިއުވާން

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މިއަހަރު 170 އަށްވުރެ ގިނަ ހަރަކާތް ކުރިއަށް ގެންދެވިއްޖެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއެވެ.

ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިއުވާން ވިދާޅުވީ، ރައީސް ޞާލިޙު ވިދާޅުވެފައިާ ފަދައިން، ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން މިއަހަރު ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލު ކުރުމަށް ސަރުޚާރުން ކޮށްފައިވާ މަސައްކަތްތައް މިއުވާން ފާހަގަކުރިއެވެ.

"މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަ ކުރައްވާފަ ވާނެ، މި އަހަރު ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރައްވާކަމަށް. މި އަމާޒަށް ވާސިލުވެ، ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ވިދާޅުވީ ނައިބުރައީސް ފައިސަލް ނަސީމް،" މިދިޔަ އަންގާރަ ދުވަހު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވިއެވެ.

1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

އެގޮތުން އެ އަމާޒު ހާސިލު ކުރުމަށް ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، ބަޖެޓް އިތުރުކޮށް، ރިސޯޓުތަކުގަޔާއި ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިޝްތިހާރު ކުރަމުން މިހާރުވެސް ކުރިއަށް ދާކަމަށް މިއުވާން ވިދާޅުވިއެވެ.

"އެގޮތުން މި އަަހަރުގެ ހަތަރުވަނަ ކުއާޓަރގެ ނިޔަލަށް އެމްއެމްޕީއާރުސީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިންގް ކެމްޕެއިން، އަދި 41 ފެއަރ، 6 ރޯޑް ޝޯ، 10 ވަރޗުއަލް އިވެންޓް، 17 ފެމިލިއަރައިޒޭޝަން ޓްރިޕް، އަދި އެހެނިހެން ނުވަ އިވެންޓް ހިމެނޭ ގޮތަށް 170 އަށްވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ބާއްވާފަވޭ،" މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، ކޮވިޑްގެ ލޮކްޑައުންއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަތީއެއްގެ ގޮތުން، އަހަރުގެ ޓޫރިޒަމް ބޯޓުގެ އެވޯޑު އެމްއެމްޕީއާރުސީއަށް ލިބިގެން ދިޔަކަމަށް މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.