މާރުކޭޓުން ވިޔަފާރި ކުރަނީ/ ފޮޓޯ: އަރި އޮންލައިން
ހަބަރު
29 Dec 2022 | 11:47
ޖީއެސްޓީއަށް އަންނަ ބަދަލުތަކަށް ވިޔަފާރިތައް އަހުލުވެރިކުރަން ފަށައިފި

އަންނަ ޖެނުއަރީމަހު މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީ.އެސްޓީ ރޭޓް %8 އަށް ބަދަލުވުމާއި ގުޅިގެން، ވިޔަފާރިތައް އަހުލުވެރިކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ގިނަ ތައްޔާރީތަކެއް ވަމުންދާކަމަށް ހާމަކޮށްފިއެވެ. 

ޖީ.އެސްޓީ ރޭޓް ބޮޑުކުރުމާއި ގުޅިގެން ވިޔަފާރިތައް އަހުލުވެރިކުރުމަށް، މި ކަމަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން 'ފެކްޓް ޝީޓް' އެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

މި 'ފެކްޓް ޝީޓް' ގައި ވާގޮތުގެ މަތިން، ރޭޓް ބަދަލުވުމާއި ގުޅިގެން 'ކަޓް-އޯފް ވަގުތު' ކަނޑައަޅައި، ޖީ.އެސް.ޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެއެވެ.

އެގޮތުން، 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގައި އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންކަމަށް މިރާއިން ބުނެފައިވެއެވެ.  

އެ ނޫން ހުރިހާ ވިޔަފާރިތަކުން އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ 00:00 ފެށިގެން ޖީ.އެސް.ޓީ ނަގަންވާނީ އައު ރޭޓުތަކުގައިކަމަށް މިރާއިން ބުނެފައިވެއެވެ.

މިރާއިން ބުނީ، މިފެކްޓް ޝީޓުގައި ޝާއިއުކޮށްފައިވާ ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުން ހިމެނޭ މުއާމަލާތްތަކުގައި 'ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު' ކަނޑައަޅާނެ ގޮތުގެ ބައެއް މިސާލުތައް ހިމަނާފައިވާނެކަމަށެވެ.މީރާއިން މައުލޫމާތު ދޭ ގޮތުގައި، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީގެ އައު ރޭޓު ހިމަނައިގެންނެވެ.

އެހެންނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނަގާނެ އަގާއި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.