ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
23 Dec 2022 | 23:16
އާސަންދަ ފެލާލައިފި، ހުސްނުވާ އާސަންދަ މިހާރު އޮތީ ހުސްވެފަ: ރައީސް ޔާމީން

 މި ސަރުކާރު އައިސް ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ގާއިމްކުރި ހުސްނުވާ އާސަންދަ ނިޒާމު ހަލާކުކޮށްލައިފިކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް  ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި "ފެލާލައިފި" ޖަލްސާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުން ނެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަން ނިންމަވާލެއްވުމަށް ފަހު މި ސަރުކާރާއި ހަވާލުކުރީ ހުސްނުވާ އާސަންދައިގެ ނިޒާމެއްކަމަށެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ތަކުލީފަކާއި ނުލާ ލިބިގެންދާނެ ނިޒާމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދެން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އާސަންދަވެސް "ފެލާލައިފި" ކަމަށެވެ. ހުސްނުވާ އާސަންދައިން މިހާރު ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަކީ ބޮޑު ތަކުލީފަކަށް ހަދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވާހަކަތަކާއި ގުޅުވާ މަޒާޖީ ގޮތަކަށް ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށްދިނުމަށް މިހާރު އޮތީ ހުސްވެފައިވާ އާސަންދައިގެ ނިޒާމެއްކަމަށެވެ. 

"އާސަންދަ އެ އޮތީ ހުސްވެފައި. ކީއްވެތޯ އާސަންދަ ހުސްވާންވީ؟ އާސަންދަ ފެލާލީމަ އާސަންދަ ހުސްވެގެން މި އުޅެނީ. ސިއްހީ ނިޒާމު އެ އޮތީ ހަލާކުވެފައި. ރާއްޖޭގައި އުޅޭ ނިކަމެތިންނަށް ބޭސްކުރުމަށްޓަކައި އާސަންދައެއް އުފެއްދީ، ހުސްނުވާ އާސަންދައިގެ ނަމުން އެ ދިޔައީ.. މިހާރު އެއީ ހުސްވެފައި އޮތް އާސަންދަ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ވެރިއަކު އައްޔަން ކުރަނީ އަދި ސަރުކާރެއް އުފައްދަނީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފަސޭހަކަމާއެކު ފުއްދާދިނުމުގެ މަގްސަދުގައިކަމަށެވެ. 

އެގޮތުން އެންމެ ސަރުކާރެއްގެ އެންމެ އަސާސީ ޒިންމާއަކީ ފުދުންތެރިކަމާއެކު ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެއާއެކު ވިދާޅުވީ މި ސަރުކާރުން އެ ޒިންމާ އަދާކުރުމުގައި ފެއިލުވެފައިވާ ކަމަށެވެ. އަދި މިއަދު ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލެއްގައިކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.