ރައީސް ޔާމީން ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެން
24 Dec 2022 | 05:25
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ކަސްބީ ސިޔާސަތެއް: ރައީސް ޔާމީން

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

މި ސަރުކާރުގައި އޮތީ ވަރަށް ވަރުގަދަ ޚާރިޖީ ސިޔާސަތެއްކަމަށް ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މަޖިލީސް މެންބަރުން ދައްކަވަމުންދާ ވާހަކަތަކަށް އިދިކޮޅުން ބޭއްވި "ފެލާލައިފި" ޖަލްސާގައި ރައީސް ޔާމީން ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. 

އެމަނިކުފާނު މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ސިފަކުރެއްވީ "ކަސްބީ ޚާރިޖީ ސިޔާސަތު" ގެ ގޮތުގައެވެ.

އެފަދައިން އެމަނިކުފާނު ސަރުކާރުގެ ޚާރިޖީ ސިޔާސަތަކަށް ފާޑުވިދާޅުވި ސަބަބަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ. 

އެންމެ ފުރަތަަމަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ، ވަރުގަދަ ޚާރިޖީ ސިޔާސަތެއް އޮންކަމަށް ސަރުކާރުން ދައުވާކުރި ނަމަވެސް އަންދާޒާ ކުރި އަދަދާއި ގާތްކުރާ އަދަދަށްވެސް ސަރުކާރަށް ހިލޭ އެހީ ހޯދުފައި ނުވުމެވެ.

ސަރުކާރުން ބޮޑެތި ޚަރަދުތައްކޮށްގެން ދުނިޔޭގެ އެކި ގައުމުތަކަށް ހިލޭ އެހީ ހޯދުމަށް "ނާށިގަނޑު" ހިފައިގެން ގޮސްގެންވެސް މިހާތަަނަށް ހޯދުނީ ހިލޭ އެހީގެ ގޮތުގައި އަންދާޒާ ކުރި މިންވަރުގެ އެންމެ 11 އިންސައްތަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"މިހާރު ހުސްވެގެން މިދާ އަހަރު ބަޖެޓުގައި ޖަހާފައި އޮތް ބޭރުގެ އެހީ 2.9 ބިލިއަން ރުފިޔާ ހޯދާނެކަމަށް. މިހާވަރެއްތޯ ލިބުނީ އެންމެ 320 މިލިއަން. އެހެންވީމަ ވާ މި އޮތީ ޗާލު ޚާރިޖީ ސިޔާސަތެއް ތާ؟ 290 މިލިއަން ހޯދަން ޖެހި ބަޔަކަށް މި އުޅެނީ އެންމެ 320 މިލިއަން، ގާތްގަނޑަކަށް 11 ޕަސެންޓު ހޯދިގެން މި އުޅެނީ. އެހެންވީމަ ޚާރިޖީ ސިޔާސަތަކީވެސް ހަމަ ކަސްބީ ސިޔާސަތެއް"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ދެން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެކުލަވާލި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެ މިހާރު އޮތީ އެއް ގައުމަކަށް ބަރޯސާވެފައި ކަމަށެވެ. 

"އަޅުގަނޑުމެންނަށް ހުޅަނގަކަށް ދަތުރެއް ނުކުރެވޭ. ދެކުނަކަށް ދަތުރެއް ނުކުރެވޭ. އިރަކަށް ދަތުރެއް ނުކުރެވޭ. ހަމައެކަނި ޖެހެނީ އުތުރަށް ދަތުރުކުރަން. އެހެންވީމަ ޚާރިޖީ ސިޔާސަތު މިހާ ކޮރު މިހާ ކަސްބީ ސިޔާސަތަކަށް ވެގެން މި ދަނީ އަޅުގަނޑުމެންގެ ހުރިހާ ހައްގުތަކެއް ވިއްކާލާފައި އޮތީމަ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފޮރިން މިނިސްޓަރު ޝާހިދަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

އެމަނިކުފާނު ވިދާލުވިގޮތުގައި ޝާހިދަކީ ޖީއެމްއާރު އެއަރޕޯޓު އިންޑިއާގެ އަތްދަށުގައި ބޭއްވުމަށް އިންޑިއާ ސިފައިން މި ގައުމުގައި ހަރަކާތްތެރި ނުވެގެން ކަންބޮޑުވުން ފާޅުކުރި ބޭފުޅެވެ. ޝާހިދު އެކަމުގެ ކަންބޮޑުވުން އިންޑއާގެ ތީވީ ޗެނަލެއްގައި ފާޅުކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޝާހިދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ނޫންކަމަށެވެ. އެމަނިކުފާނު ތަމްސީލު ކުރައްވަނީ ބޭރުގެ ކޮންމެސް ގައުމެއްގެ ނައިބުކަމުގެ މަގާމުަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް އެއްވެސް ފައިދާއެއް ނުލިބޭއިރު، އަބްދޫފ ޝާހިދު މަގާމުން އިސްތިއުފާދެއްވަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.