ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
23 Dec 2022 | 22:26
ރާއްޖޭގެ ސިޔާސީ ލީޑަރުން އިންޑިއާއަށް ވިކުނަސް، ޕީޕީއެމް-ޕީއެންސީގެ ލީޑަރުންނެއް ނުގަނެވޭނެ: ރައީސް ޔާމީން

ދިވެހިރާއްޖޭގައި ތިބި އެކި އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާއަށް ވިކުނަސް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް-ޕީއެންސީގެ ސިޔާސީ ލީޑަރުންނެއް އިންޑިއާއަކަށް ނުގަނެވޭނެކަމަށް ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

"ފެލާލައިފި" ގެ ނަމުގައި އިދިކޮޅުން ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާގެ ބޮޑު ވަޒީރާއި ދިވެހިރާއްޖޭގައި ހުންނެވި އިންޑިއާގެ ސަފީރަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. 

އެ ދެފަރާތާއި މުޚާތަބުކުރައްވާ ރައީސް ޔާމީންގެ ވާހަކަފުޅު ފެއްޓެވީ އިންޑިއާއަށް މުހިންމު ސުވާލެއް އަމާޒުކުރައްވައިގެން ނެވެ. އެގޮތުން އިންޑިއާއިން ރައީސް ޔާމީންދެކެ ނުރުހުންވަނީ ކޮން ސަބަބަކާއި ހުރެތޯ އެމަނިކުފާނު އެއްސެވިއެވެ. 

"އިންޑިއާ ތި ކޮން ކަމަކާތޯ އަޅުގަނޑުދެކެ ރުޅި އަންނަނީ؟ މިއީ އަޅުގަނޑުގެ ގައުމޭ. މިއީ އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީގެ ގައުމެއް ނޫނޭ. މޯދީގެ ބާރު ހިނގާ ތަނެއް ނޫނޭ މީކީއެއް. މީ އިންޑިއާގެ ޕްރޮވިންސެއް ނޫނޭ. މީ އިންޑިއާގެ ސްޓޭޓެއްވެސް ނޫނޭ"

ޕީޕީއެމްގެ ރިޔާސީ ކެންޑިދޭޓް ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ދިވެހި ރައްޔިތެއްކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ދައްކަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެވާހަކައާއި ގުޅުވާ ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގައި ތިއްބެވި ބައެއް ސިޔާސީ ލީޑަރުން އިންޑިއާއަށް ވިކުނަސް، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ ލީޑަރުން އިންޑިއާއަށް ނުގަނެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަދި އެމަނިކުފާނުގެ އެ ވާހަކަފުޅު އިންޑިއާގެ ބޮޑު ވަޒީރާއި އިންޑިއާގެ ސަފީރު ރަނގަޅަށް އަޑުއެއްސެވުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ. 

"މޯދީއާއި އިންޑިއާގެ ސަފީރު އަޑުއައްސަވާ! ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުން ކަލޭމެންނަށް ވިކުނަސް ޕީޕީއެމް-ޕީއެންސީގެ ސިޔާސީ ލީޑަރުންނެއް ކަލޭމެންނަކަށް ނުގަނެވޭނެ"

ޕީޕީއެމްގެ ރިޔާސީ ކެންޑިދޭޓް ރައީސް ޔާމީން

އެއާއެކު އެމަނިކުފާނު ވަނީ ގަވައިދާއި ޚިލާފަށް ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ. އިންޑިއާ ސިފައިން ތިބުމާއި އެމަނިކުފާނު ދެކޮޅުކަމާއި، އެކަމާއި ދެކޮޅަށް އަބަދުވެސް އަޑު އުފުއްލަވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ޢިންޑިއަން
ޕީޕީއެމްގަ ތިއްބަވަނީ ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންނެއްނޫންތޯ؟ŕý
23 Dec 2022
ތޫރަ
ޗައިނާ އައް ވިކޭނީ ދޯ ޔާނު.؟
24 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.