އިދިކޮޅު ޕްރޮގްރެޝިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ޝުޖާއު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް
ހަބަރު
23 Dec 2022 | 22:53
ދަރުމަވަންތަ ހޮސްޕިޓަލުގައި ޓަވަރު އަޅަންޖެހޭވަރަށް އެހެރީ އަޅާފަ: ޝުޖާއު

ދަރުމަވަންތަ ހޮސްޕިޓަލު ހަދާފައި ވަނީ ޓަވަރު އަޅަންޖެހޭވަރަށް އެޅުމަށްފަހު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިވަހުތު ކުރިއަށް ގެންދާ “ފެލާލައިފި” ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމެރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޓީމުގެ ޖަގަހަ ޖަލްސާގައި ޝާހިދު ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ، އެމަނިކުފާނު ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވީކަމުގެ ތުހުމަތު ކުރައްވާފައެވެ. 

ޝާހިދު ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އެއް ޓަވަރު ވެސް ރައީސް ޔާމީންގެ ޖީބަށް ލެއްވީކަމަށާއި އެ ފައިސާއަސް ވެސް ހިޔާނާތްވިކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ޝުޖާއު މިރޭ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަރު އިމާރާތް ކޮށްފައި ވަނީ، އަޅަން ޖެހޭ ވަރަށް ޓަވަރު އަޅާފައި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގައި ހުރެ އެންމެ ބޮޑަށް އަމިއްލަ މަންފާއަށް މަސައްކަތް ކުރައްވާ ބޭފުޅަކީ ޝާހިދުކަމަށް ތުހުމަތު ކުރައްވާ ޝުޖާއު ވިދާޅުވީ ޔޫއެންގެ ޖެނެރަލް އެސަމްބްލީގެ ރައީސަކަށް ހުންނެވި ދުވަސްވަރު ރައްޔިތުންގެ ޓެކްސް ފައިސާއިން ޝާހިދު މުސާރަ ނެންގެވި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.