ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Dec 2022 | 05:11
މި ސަރުކާރަކީ އިންޑިޔާކަނޑަށް ޖެހިފައޮތް 'ބޮޑު މުސީބާތެއް': ސައީދު

މި ސަރުކާރަކީ އިންޑިޔާކަނޑަށް ޖެހިފައޮތް 'ބޮޑު މުސީބާތެއް' ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިވަގުތު ކުރިއަށް ގެންދާ 'ފެލާލައިފި' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، މި ސަރުކާރުން ދިވެހިންގެ ތަކެތި ވިއްކަމުން ވިއްކަމުން ގޮސް، ދިވެހި ކަނޑުވެސް ވިއްކާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިހަވަންދުއަށް ރައީސްޔާމީނުގެ އަރިހުގަ ދާދިފަހުން ދިޔައީމަ މަސްވެރިން މި ބުނަނީ، ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖޭ، ކުރިއަށް އޮތް 15 ވަރަކަށް އަހަރުގެތެރޭ މަސްވެރިކަމުގެ ބޭނުމެއް ދެން މި ރާއްޖޭގަ ނޯންނާނޭ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ފިޝަރީޒް މިނިސްޓަރު ހުސެން މަޖިލީހުގަ މި ބުނަނީ، މަސް ބޭނޭނީ ވަކި ވަރަކަށޭ،" ސައީދު ވިދާޅުވިއެވެ.

ދިވެހިން ބާނާ މަސް ގަތުމުގެ ނަމުގައި ބޭރުގެ ބޯޓުފަހަރަށް ދިވެހި ކަނޑަށް ވަނުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށާއި ނަމަވެސް އެފަދައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ބޭރުގެ ބޯޓުތަކަށް އޮތީ ކޮން އުސޫލަކާ ހަމައެއްތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

އެފަދައިން ރާއްޖެ އަންނަ ބޯޓުފަހަރު ގެންގުޅެނީ ކޮންކަހަކަ އާލާތްތަކެއްތޯއާއި އެބޯޓުފަހަރުގައި ކިތައް ދާ އޮވޭތޯވެސް ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

ދިވެހިންގެ ބަދުނަސީބަކީ އިންޑިިޔާ ކަނޑުގައި އޮތުންތޯ ސުވާލު ކުރައްވައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ސާލިހުވަނީ ދިވެހިންނާއި މުޅި ދުނިޔެއާއި ޖައްސާފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.