ކަނޑުހުޅުދޫއާއި ލެޖެންޑް ވާދަކުރި މެޗުގެ ތެރެއިން : ޕޮޓޯ/ ގާފު އޮންލައިން
ކުޅިވަރު
23 Dec 2022 | 23:55
ކަނޑުހުޅުދޫ 2-1 ން ބަލިކޮށް އެފްސީ ލެޖެންޑު ގުރޫޕްގެ އެއް ވަނައަށް

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ގްރޫޕު އޭގައި ކުޅުނު ތިން ވަނަ މެޗުގައި ކަނޑުހުޅުދޫ 2-1 ން ބަލިކޮށް އެފްސީ ލެޖުންޑުން ގުރޫޕް އޭ ގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ އެފްސީ ލެޖެންޑުން ނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަނޑުހުޅުދޫ ޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ އައްޒާމް އަލި ދީދީ އެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލެޖެންޑު ޓީމުގެ އަލީ މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް މިރޭގެ މެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ކުރިހޯދަދީފައެވެ. މި ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް ކަނޑުހުޅުދޫއަށް ވަނީ ވަރަށް ހުސް 2 ފުރުސަތު ލިބިގެން ބޭނުންކުރެވޭގޮތް ނުވެފައެވެ. ނަތީއްޖާއެއްގެ ގޮތުން މެޗު ނިމިގެން ދިޔައީ 2-1 ގެ ނަޔީޖާއަކުން ލެޖެންޑު ކުރީގަ އޮވެއެވެ.

މިމެޗުގެ ކިންގ އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެފްސީ ލެޖެންޑަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އެޓީމުގެ (ޖ.10) އަބްދުﷲ މުއާޒު އެވެ.

މި މެޗުގެ ނަތީޖާއަށްފަހު ގްރޫޕު އޭގެ އެއްވަނައިގައި 6 ޕޮއިންޓާއި އެކު އޮތީ ލެޖެންޑެވެ. ދެވަނައިގައި ކަނޑުހުޅުދޫ އޮތީ 3 ޕޮއިންޓާއި އެކުގައެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީއްޖާ ހޯދާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނުގެ ފުރުސަތު ލިބޭއިރު ކުއާޓާ ފައިނަލްގެ ފަހު ދެޖާގަ ލިބެނީ ތިން ވަނަޔަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީއްޖާ ހޯދާ ދެ ޓީމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.