ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް މީހުން އެއްވެފައި: ފޮޓޯ/ ވޮއިސް
25 Dec 2022 | 10:26
ލައިވް އަޕްޑޭޓް: ރައީސް ޔާމީންއަށް ހުކުމް ކުރުން
25 Dec - 14:41

މިއަދު ހަތަރެއްޖަހާއިރު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި.

25 Dec - 13:55

ހުކުމާއި ގުޅިގެން އިދިކޮޅުން މާލޭގެ މަގުތަކަށް ނިކުމެވަނީ ސަރުކާރާ، އިންޑިއާއާއި ދެކޮޅަށް އަޑުއުފުލާފައި. އިހުތިޖާޖުގެ ބައިވެރިންވަނީ ޕީޕީއެމް އޮފީހަށް އިހުތިޖާޖު ނިންމާލާފައި

25 Dec - 12:15

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީންގެ މައްޗަށް ކުރި ދައުވާގައި އެ މަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ޖަހާފަ އެވެ.

25 Dec - 11:30

25 Dec - 11:23

ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގެންފި

25 Dec - 10:54

އަލީ ޒާހިރުގެ ރަސްމީ ދަތުރުފުޅެއް މިއަދު އޮއްވައި އެ ދަތުރުވެސް ކެންސަލް ކޮށްލީ: ޝިޔާމް

25 Dec - 10:50

ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވަނީ ތައްޔާރީ ހާލަތައް ގެނެވިފައި

ފޮޓޯ: ޕީޕީއެމް

25 Dec - 10:47

ފަނޑިޔާރުން ވަނީ ރަހީނުކޮށްފައިކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ތުހުމަތުކުރައްވައިފިއެވެ. މީޑީއާއަށް ދެއްވި އިންޓިވިއެއްގައި ޝިޔާމް ވިދާޅުވިގޮތުގައި ފަނޑިޔާރުނިންމާނެގޮތް ނޭނގޭތީ ސަރުކާރުން އަންނަނީ މިހާރު ފަނޑިޔާރަށް ނުފޫޒު ފޯރުވައި، ބިރުދައްކަމުންކަމަށާއި، ފަނޑިޔާރު ވަނީ ރަހީނުކޮށްފައިކަމަށެވެ.

25 Dec - 10:39

ޕީޕީއެމްގެ ލީޑަރޝިޕް ކޯޓު ސަރަހައްދުގައި 

25 Dec - 10:36

މިއަދު 9 ޖަހާއިރަށް ތާވަލް ކުރެވުނު ރައީސް ޔާމީންގެ ޝަރީއަތް އަދިވެސް ފަށާފައިނުވެއެވެ. ކޯޓުން މި ޝަރީއަތް ލަސްވާ މައްސަލާގައި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

25 Dec - 10:35

ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި އިހުތިޖާޖް ކުރަނީ 

-- ފޮޓޯ: ޕީޕީއެމް

25 Dec - 02:10

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުން މިއަދު ހަމަ ޖެހިފައިވާއިރު ގިނަ ބަޔަކު އެމަނިކުފާނުގެ ގެކޮޅު ކައިރީ އަށާއި ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެއްޖެއެވެ. 

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނު ރިޝްވަތު ދެއްވި ކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރެ އެވެ.

މި މައްސަލައިގެ ހުކުމް ކުރުން މިއަދު 9:00 އަށް ތާވަލް ކޮށްފައިވާއިރު، އަދިވެސް ރައީސް ޔާމީން ޝަރީއަތަށް ހާޒިރެއް ނުވެއެވެ. 

ނަމަވެސް އެމަނިކުފާނުގެ ދަރިކަލުންނާއި، އިދިކޮޮޅު ކޯލިޝަންގެ އިސް ލީޑަރުންގެ ގެ އިތުރުން ފުލުހުންގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު، ކްރިމިނަލް ކޯޓު ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.