އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ވޮއިސް
ހަބަރު
25 Dec 2022 | 16:08
މިއީ އިންޑިއާ ސަރުކާރުން ބުނެގެން ކުރި ހަރާމް ހުކުމެއް؛ ހުރިހާ ސަޕޯޓަރުން މާލެ އަރާ: އިދިކޮޅު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ދެކޮޅަށް އެމަނުކުފާނުގެ ހުރިހާ ސަޕޯޓަރުން ނުކުތުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ. 

ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާ ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ދައުލަތުން އަދަބާމެދު ވާހަކަދައްކަމުން އެދިފައިވަނީ އެމަނިކުފާނުގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ދައުލަތުން އެދުނެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައިވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީންގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މިއަދު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ އިންޑިއާ އަޑީގައި އޮވެ މާކުރިއްސުރެން ރާވައިގެން ކޮށްފައިވާ، ހަރާމް ހުކުމެއް ކަމަށެވެ. އަދި އެހުކުމާއި ދެކޮޅަށް ހުރިހާ ސަޕޯޓަރުން ވެސް ނުކުތުމަށް އޭނާ ވަނީ ގޮވާލާފައެވެ.

"އަޅުގަނޑުމެން މިފަހަރު މި ނުކުންނަނީ ދެ އެތިން އެކައްޗަށް. އަތޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ. ލަސް ނުކުރައްވައި ފުރާވަޑައިގެން މާލެ ވަޑައިގެންނަވާށޭ. ރައީސް ޔާމީން ސަލާމަތް ކުރަން ޖެހެޔޭ."

"މިއީ 9 ޖަހާއިރު ތާވަލް ކުރި ޝަރީއަތް 11 ޖަހަންދެން ލަސްކުރީ ކީއްވެގެންކަން މި އެނގުނީ ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެ ދިޔަ ހުކުމުން. އިންޑިއާ އިން ބޭނުންވި ގޮތަށް ހުކުމް އެ ބަދަލު ކުރީ. މިއީ އިންސާފުވެރި ހުކުމެއް ނޫން. މިއީ ނަހައްގު ހުކުމެއް. މިއީ ހަރާމް ހުކުމެއް. މި ހުކުމް ޕީޕީއެމް ޕީއެންސީ އަކުން ބަލައެއް ނުގަންނަން. އެންމެ ފުރަތަަމަ ކަމަކަށް އެވާހަކަ ދަންނަވާލަން ބޭނުންވަނީ." އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ ވަނީ ރައީސް ޔާމީން ހުންނެވީ "ގަދަކޮށް" ކަމަށާއި, އެމަނިކުފާނާއި ދެކޮޅަށް ކުރި ހުކުމާއި ގުޅިގެން ސަޕޯޓަރުން އެއްވެސް ވަރަކަށް މާޔޫސް ނުވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެދުމަކީ އެމަނުކުފާނުގެ ސަޕޯޓަރުން ކުރިއަށްވުރެ ވަރުގަދައަށް ނުކުމެ ވަޑައިގެން އިންސާފު ހޯދައި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް އެންމެހާ ފަރާތްތަކުން ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއީ ރައީސް ޔާމީންނަކަށް ނޫނޑ މި ހުކުމް ކުރަނީ. ދިވެހިންނަށް މި ހުކުމް ކުރަނީ. ދިވެހިންގެ މިނިވަންކަން މި ގެއްލުވާލަނީ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނަށް މި ގޮންޖަހަނީ. އަޅުގަނޑުމެންގެ އެއްބައިވަންތަ ކުރާ ހުރިހާ ކަމެއް ނައްތާލަން މި ސަރުކަާރުން އިންޑިއާ އާއި ގުޅިގެން މި މަސައްކަތް ކުރަނީ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އެހެން ކަމުން، މި ދަނޑިވަޅުގައި އެންމެންވެސް ވިސްނުން އިސްކޮށް ޢަޒުމް ވަރުގަދަކޮށް، ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޔާމީން އަކީ މައުސޫމް ބޭފުޅެއް ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ, މިއަދު އެ މަނިކުފާނާއި ދެކޮޅަށް ހުކުމް ކުރި ނަމަވެސް މާދަމާ ގާނޫނު އެބޭފުޅުންނާއި އަރާ ހަމަކުރާނެ ކަމަށާ، 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އިދިކޮޅުން ތިއްބަވާނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ރައީސް ޔާމީން ހަރުގެއަށް ލިޔަސް އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓް. ޕީޕީއެމްގެ ސަޕޯޓެއް އެހެން އެއްވެސް ކެންޑިޑޭޓަކަށް ނުދޭނަމޭ. ނުލިބޭނޭ. ވަރަށް ކެރިގެން މިދަންނަވަނީ." އަދުރޭ ވިދާޅުވިއެވެ. 

ކޮމެންޓް
ހީލާ
ތިއޮތީ ފެލާލައިފާ ދެން ފެލާލާނި އަދުރޭ ދޯ
25 Dec 2022
ޙަރާމް
މޯދީ އާއި ހާދަވައްތަރޭ. ހަރާމް ލާރި ކެއީމަވީގޮތް
25 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.