ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ޕީޕީއެމް
ހަބަރު
25 Dec 2022 | 20:00
ރައީސް ޔާމީނުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންއާ ދެކޮޅަށް ހުކުމް ކުރި ނަމަވެސް އިސްތިއުނާފީ މަރުހަލާތަކުގައި އެ ކުށް ބާތިލް ކުރެވޭނެ ކަމަށާ އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް، ބަލިކަށި އޭގައި އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖަމީލު ފާހަގަކުރެއްވީ ދައުލަތުގެ ދައުވާގައި ހިމެނޭ ވާގިއާތައް ސާބިތުކުރުމަށް ދައުލަތަށް އެކަށީގެންވާ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށެވެ.

"ރައީސް ޔާމީނުގެ ޝަރީޢަތް ހިންގީ ލައިވްކޮށް. މި ޝަރީޢަތުގެ މަރުހަލާގައި ދިފާއުން ހުށަހެޅި ހެކިތަކަކީ ކޮބައިކަން އަދި ކުރި މަސައްކަތް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންނާނެ. ޝަރީޢަތް ފަށަނީ ކޮންމެ މީހަކީ މައުސޫމު މީހެއްކަމަށް ބަލައިގެން. އެ މީހެއްގެ މައުސޫމުކަން ނެތްކަން ސާބިތުކުރުމަކީ ދައުލަތުގެ ކަމެއް. މި ޝަރީޢަތުގައި ކުރި ދެ ތުހުމަތު ސާބިތުކުރަން އެންމެ ހެއްކެއްވެސް ހުށަހެޅިފައިނުވޭ. ރައީސް ޔާމީނުގެ މަޤާމުގެ ނުފޫޒު ހިންގަވައިގެން ކުރެއްވި އަމަލަކީ ކޮބައިކަމެއް އަދި އެ އަމަލު ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވޭ،" ޑރ.ޖަމީލު ވިދާޅުވިއެވެ.

އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާ އިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އަދި އެ ހުކުމް ބިނާކުރި އަސާސްތަކުގެ ބަލިކަށުކަމުގެ ސަބަބުން އެ ހުކުމަކީ މަތީ މަރުހަލާގެ އެއްވެސް ކޯޓަކުން ދަމަހައްޓާނެ ހުކުމެއް ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށާ އަދި މަތީ މަރުހަލާއިން ހުކުމް ބާތިލުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާ ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައި، ޤާޟީ އަޙްމަދު ޝަކީލު ނިންމަވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމުގެ މައްސަލާގައި 4 އަހަރުގެ ޖަލު ހުކުމެއް އިއްވާށެވެ. އެގޮތަށް ޝަކީލު ނިންމި ސަބަބެއްކަމަށް ބުނެފައިވަނީ ރައީސް ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވުމުން އެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުކުރަންޖެހޭ ކަމަށެވެ.

އަދި މަނީ ލޯންޑަރިން ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެއީ ކުށުގެ އަސާސީ އަދަބަށްވުރެ އެއް ދަރަޖަ މަތި އަދަބެކެވެ.

ޖަލު ހުކުމްތަކުގެ އިތުރަށް ރައީސް ޔާމީނުގެ މައްޗަށް ފަސް މިލިއަން އެމެރިކާ ޑޮލަރުން (77 މިލިއަން ރުފިޔާއިން) ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންވެސް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ކޮމެންޓް
ޙަސަނު
ބަލަ އެކައުންޓުތަކުގަ ދެން ކޮހާޑޮލަރެއްހޭ.......
25 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.