ރައީސް ޔާމީނުގެ ލޯޔަރުންނާއި ލީޑަރޝިޕް އިސްވެރިން --
ހަބަރު
26 Dec 2022 | 10:55
ޔާމީނުގެ ހުކުމް ނުލިބި، ހުކުމުގެ ވީޑިއޯ ޑިލިޓްކޮށްލާފައި ވާތީ ލޯޔަރުން ކޯޓު ސަރަހައްދުގައި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނަށް އިއްވި ހުކުމް އަދިވެސް ނުލިބޭތީއާއި ހުކުމްގެ ވީޑިއޯ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ޑިލިޓްކޮށްލާފައި ވާތީ ޔާމީންގެ ލޯޔަރުންގެ ޓީމާއެކު ލީޑަރޝިޕް ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އިއްޔެއެވެ.

ޖަލު ހުކުމްތަކުގެ އިތުރަށް ރައީސް ޔާމީނުގެ މައްޗަށް ފަސް މިލިއަން އެމެރިކާ ޑޮލަރުން (77 މިލިއަން ރުފިޔާއިން) ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންވެސް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ޖަލު ހުކުމް ތަންފީޒު ކުރުމަށް ޔައީސް ޔާމީނު ވަނީ ރޭ މާފުށީ ޖަލަށް ގެންގޮސްފައެވެ.

ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންއާ ދެކޮޅަށް ހުކުމް ކުރި ނަމަވެސް އިސްތިއުނާފީ މަރުހަލާތަކުގައި އެ ކުށް ބާތިލް ކުރެވޭނެ ކަމަށާ އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

"ރައީސް ޔާމީނުގެ ޝަރީޢަތް ހިންގީ ލައިވްކޮށް. މި ޝަރީޢަތުގެ މަރުހަލާގައި ދިފާއުން ހުށަހެޅި ހެކިތަކަކީ ކޮބައިކަން އަދި ކުރި މަސައްކަތް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންނާނެ. ޝަރީޢަތް ފަށަނީ ކޮންމެ މީހަކީ މައުސޫމު މީހެއްކަމަށް ބަލައިގެން. އެ މީހެއްގެ މައުސޫމުކަން ނެތްކަން ސާބިތުކުރުމަކީ ދައުލަތުގެ ކަމެއް. މި ޝަރީޢަތުގައި ކުރި ދެ ތުހުމަތު ސާބިތުކުރަން އެންމެ ހެއްކެއްވެސް ހުށަހެޅިފައިނުވޭ. ރައީސް ޔާމީނުގެ މަޤާމުގެ ނުފޫޒު ހިންގަވައިގެން ކުރެއްވި އަމަލަކީ ކޮބައިކަމެއް އަދި އެ އަމަލު ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވޭ،" ޑރ.ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.