އިދިކޮޅުގެ ލީޑަރުންގެ ޓީމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި: ފޮޓޯ/ޕީޕީއެމް
ހަބަރު
26 Dec 2022 | 11:44
ކްރިމިނަލް ކޯޓަށްފަހު އިދިކޮޅުގެ ޓީމް ކަރެކްޝަންސްއަށް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް، ޔާމީން އަބްދުލް ޤައްޔޫމް އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލަށް ގެންދިޔުމާއި ގުޅިގެން އިދިކޮޅުގެ ލީޑަރުންގެ ޓީމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ވަޑައިގެންފިއެވެ. 

ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އިއްޔެއެވެ.

އަދި، އެ ހުކުމް ތަންފީޒުކުރުމަށް ރައީސް ޔާމީން އިއްޔެގެ ވަގުތެއްގައި ޖަލަށް ގެންގޮސްފައިވާއިރު، އެމަނިކުފާނު ޖަލުގައި ހުންނަވާއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ހަމަ ޖައްސަންޖެހޭ ބައެއް ކަންކަން ހަމަޖެއްސުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން މިވަގުތު ތިއްބެވީ ކަރެކްޝަންސްގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް އެ އިދާރާގައެވެ. 

އެގޮތުން ރައީސް ޔާމީން ނަންގަވާ ފިޒިއޮތެރަޕީ ސެޝަންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަ ޖެއްސުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަދެކެވޭނެ ކަމަށް އިދިކޮޅުން ބުނެއެވެ. 

ކަރެކްޝަނަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސް ޔާމީނަށް އިއްވި ހުކުމް އަދިވެސް ނުލިބޭތީއާއި ހުކުމްގެ ވީޑިއޯ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ޑިލިޓްކޮށްލާފައި ވާތީ ޔާމީންގެ ލޯޔަރުންގެ ޓީމާއެކު ލީޑަރޝިޕް ކްރިމިނަލް ކޯޓު ސަރަހައްދުގައި ވެސް ހަރަކާތްތެރިވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.