މިއަދު އޮތް އެއްބައިވަންތަ ކަމުގެ ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Dec 2022 | 16:34
އުފަން ރަށުގައި، ސުނާމީގެ ހަނދާންތަށް އައުކުރައްވަމުން އިމްރާންއަށްވެސް ރޮވިއްޖެ

މީގެ 18 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި މ. ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައް ދައްކަވަމުން، އެ ރަށަށް އުފަން ހޯމް މިނިސްޓަރު އިމްރާނަށް މިއަދު ރޮވިއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް އެރި ސުނާމީގެ ހަނދާންތައް އާކުރައްވަމުން އިމްރާނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ދަތިވެ ދެ ތިން ފަހަރެއްގެ މަތިން ވާހަކަ މެދުކަނޑާލި އެވެ.

”ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ސާއަތްތަކަށް އަޅުގަނޑުމެން ނޭވާލާންޖެހުނީ ހިތާމަޔާ، ކެކުޅުމާ، އާހުގެ އަޑުތަކުގެ ތެރެއަށް. ފުއްޓަރު ފަރާތުން ހޮޅިލާ މުގުރަމުން، ރަށު ތެރެއަށް އަރައިގެން އައި ބިޔަ ރާޅުތަކުގެ ހޮނު ގުގުރި ފަދަ ގަދަފަދަ އަޑުފައްޓަގަނޑާއެކު، ބިރުން ވިރި، ސިހި، ގޮތް ހުސްވެގެން ނުދާ ކުޑަކުއްޖެއް، ބޮޑު މީހެއް، ހަރުމީހެއް ނުވޭ،“ 

"...ދެމެމުން ދިޔަ ބާރު އޮޔާއެކު ދެތިން ސަތޭކަ މީހުން ރަށުގެ މައި ފަސްގަނޑުން ބޭރުވި. ނަމަވެސް މާތްﷲގެ ރަހުމަތާ އެކު ހުޅަނގު ފަރާތުން ހިނދި ބޮޑުވި ރާޅާއެކު އެންމެން ކަހަލަ ގޮތަކަށް އަނބުރާ ރަށު ތެރެއަށް އެރެވުނު. މަދު މިނިޓު ކޮޅެއްގެ ތެރޭގައި ހަޔާތް ބަރުބާރުވި ކަހަލަ. ހަމަނޭވާއެއް ލެވުނުއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއަށް ބަޔަކު ވަނީ އަބަދަށްޓަކާައި މި ދުނިޔެއާ އަލްވަދާއު ކިޔާފައި." އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސުނާމީ އަށް ފަހު ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި، އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ، އިޖުތިމާއީ ފޭރާން ވީދި، ރައްޔިތުން ނިކަމެތިވެގެން ދިޔަ ކަމަށެވެ. ކައްކައި ކާނެ ގޮތެއް ނެތި، ވަންނާނެ ގެގޮރެއް އަދި ފައި ޖައްސާނެ ހަރު ފަސްކޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ.

”ރައްޔިތުން ނިކުންނަން ޖެހުނީ ބަނދަރުމަތީ އޮތް ހިކިފަސްކޮޅަށް. ތުއްތު ދަރިފުޅު ނިންދަވަން ޖެހުނީ ފަޅު ދޯނީގައި. ދުވަހުގެ އިރުއޮއްސި ރޭކުރަން ޖެހުނީ ކަނު އަނދިރިޔާ ބިރުވެރިކަމާއި ނާމާންކަމުގެ ޖަންގެއްޔެއްގައި.“ މިނިސްޓަރު ވިދާޅުވި އެވެ.

ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ގެއްލުން ލިބުނު އެއް ރަށެވެެ. އެ ކާރިސާގައި އެ ރަށުން 14 މީހުން ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ