ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގަތް ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ގާފު
27 Dec 2022 | 12:05
ކެމްޕޭނަށް ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ތިލަދުންމައްޗަށް

އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕެއިނަށް ބޮޑުތިލަދުންމައްޗަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރަައީސް ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ކެމްޕެއިނަށް ރައީސް ނަޝީދު ވަރަށް އަވަހަށް އަތޮޅުތަކުގެ ތެރެއަށް ދަތުރު ކުރައްވަން ފައްޓަވާނެ ކަމަށެވެ. އެ ގޮތުން ފުރަތަމަ ވަޑައިގަންނަވާނީ އުތުރުގެ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ، ރައީސް ނަޝީދުގެ އުތުރު ދަތުރުފުޅު ފައްޓަވާނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށާ، އަދި އެ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 31 ވަނަ ދުވަހު ކަމަށެވެ.

މި ދަތުރުފުޮުފޭ އިތުރުން، ނަޝީދުގެ ހާއްސަ ކެމްޕޭން ޖަލްސާއެއްވެސް މާދަމާ ރޭ މާލޭގެ ސަލްޓަންޕާކްގައި ބާއްވަން ވަނީ ނިންމާފަ އެވެ.

ޖަނަވަރީ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ދެކޮޅަށް ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. 

މި ޕްރައިމަރީއާއި ގުޅޭ އިންތިޚާބީ ކޮމިޓީ ރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި އެކުލަވާލާފައިވާއިރު, އެ ކޮމިޓީ މެންބަރުން ހޮވުމުގެ ކުރިން ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށް ނުކުމެވަޑައިގެންފައެވެ. 

އެހެން ކަމުން، ކޮމިޓީ މެންބަރުން، ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ވޯޓާއި ނުލައި ހޮވާފައިވާއިރު، އެ ކޮމިޓީގައި ތިއްބެވީ ރައީސް ޞާލިހު ގެ ފެކްޝަން މެންބަރުންނެވެ.

ކޮމިޓީއަށް އިންތިޚާބު ކުރި މެންބަރުން

1. އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)

2. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)

3. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)

4. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)

5. އަލްއުސްތާޛު އަޙްމަދު އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)

ކޮމެންޓް
އައްބޭބެ
ދެރައީ ދެބޯގެރި ދުއްވާއިރު ދައްކާލާނެ އާރުލާކަހަލަ ވާހަކައެއް ނެތަތީ. ދެވަނަ ދައުރަށް ކުރިމަތިލާއިރު އެމްޑީޕީ ދައްކާނެ އުޒުރެއް ކުރެވުނު ކަމެއް ދެއްކެން ނެތަތީ.
30 Dec 2022
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.